
-
ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ނިމި އަންނަ ޖޫން މަހު އެތަނުން ގޯތިތައް ހަވާލުލުރުމުގެ މަސައްކަތް ފެށޭނެކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު ހާމަކުރައްވައިފި އެވެ.

ރައީސް މިކަން ހާމަކުރެއްވީ މިއަދު ހެނދުނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެގޮތުން މި މަޝްރޫއުގެ މަސައްކަތުގެ އަދާހަމަ ކުރައްވުމުގެ ގޮތުން ފޮޓޯއަކާއިއެކު ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވީ އެއީ މިހާރު ގިރާވަރުފަޅު ބިން ހިއްކުން ގޮަސްފައިވާ ހިސާބު ކަމަށާއި ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިޔަށް ކަމަށެވެ.
އަދި ބިން ހިއްކުމުގެ މަސައްކަތް އޭޕްރިލް މަހު އެއްކޮށް ނިމި ސާވޭގެ މަސައްކަތްވެސް ދާދި އަވަހަކަށް ނިމޭނެކަން ރައީސް ހާމަކުރެއްވި އެވެ.
ރައީސް ވަނީ ގިރާވަރުފަޅުން ދޫކޮށްފައިވާ ގޯތިތައް ދޫކުރުމުގެ މަސައްކަތް ޖޫން މަހުގެ ތެރޭގައި ފެށޭނެކަންވެސް ހާމަކުރައްވާފައި އެވެ.
ގިރާވަރު ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫއެކެވެ. ކުރީ ސަރުކާރުގައި ގިރާވަރުފަޅު ހިއްކުންވެސް ނުަފަށަނީސް ވަނީ އެފަޅުން މާލޭގެ ރައްޔިތުންނަށް ގޯތި ދީފައި އެވެ.
ނަމަވެސް މިސަރުކާރުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ފަށާފައި އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ 35 ހާސް ކިއުބިކް މީޓަރުގެ ކެޕޭސިޓީގެ ހޮޕާ ޑްރެޖަރަކާއި 22 ހާސް ކިއުބިކް މީޓަރުގެ ހޮޕާ ޑްރެޖަރަކުންނެވެ.
ގުޅުންހުރި

އެންމެންނަށް ފުރުޞަތު އޮތް، އޯގާތެރި، ޝާމިލް މުޖްތަމަޢެއް ބިނާކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއް ސިޔާސަތު!

އަންނަ ޖޫން މަހު ގިރާވަރުފަޅުން ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ - ރައީސް

ސަލްޓަން ޕާކު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ޤައުމީ ދިފާޢީ ބާރުން ކުރައްވަމުންގެންދަވާ މަސައްކަތް ރައީސް ބައްލަވާލައްވައިފި

.gif&w=3840&q=75)



