logoEN
PNC TOP 3
ރާއްޖޭގެ އުފެއްދުމެއް އ.ދ.ގައި ބެހެއްޓި ފުރަތަމަ ފަހަރު: ޚާއްސަ ޝަރަފެއް ގދ ގައްދޫއަށް!

ރާއްޖޭގެ އުފެއްދުމެއް އ.ދ.ގައި ބެހެއްޓި ފުރަތަމަ ފަހަރު: ޚާއްސަ ޝަރަފެއް ގދ ގައްދޫއަށް!

އަހުމަދު ޝުރާއު

logo

3/20/2026, 3:42:10 PM

# ގދ ގައްދޫ

-

ނިއު ޔޯކުގައި ހުންނަ އ.ދ. ގެ މައި މަރުކަޒުގައި ދިވެހިރާއްޖޭގެ ތުނޑު ކުނަލެއް ބަހައްޓައިފި އެވެ.

PNC MID 2

މި ތުނޑު ކުނަލަކީ ދިވެހިރާއެްޖެ އިން އދ ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާ އެކެވެ.

އ.ދ. ގައި ބެހެއްޓުނު ތުނޑު ކުނާ ފަރުމާ ކޮށް ވިޔުނީ، ތުނޑު ކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ ގައްދޫގެ ބޭފުޅެކެވެ.

ރާއްޖޭގެ ތުނޑު ކުނަލެއް އ.ދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އދ ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައެވެ.

އ.ދ. ގެ މައި މަރުކަޒުގައި ބަހައްޓާ ތުނޑުކުނާ، މިއަދު އދ ގެ މައިމަރުކަޒުގައި ބޭއްވުނު ރަސްމިއްޔާތެއްގައި އިފްތިތާހުކޮށްދެއްވީ ދިވެހިރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ އަލީ ނަސީރު މުހައްމަދު އެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އ.ދ.ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

މި ތުނޑުކުނަލަކީ ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި، ދިވެހިރާއްޖެ، އ.ދ. ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރެވުނު ކުނަލެކެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC