logoEN
PNC TOP 3
އަރަބިއަން ޓްރެވަލް މާކެޓް އޮގަސްޓު މަހަށް ފަސްކޮށްފި

އަރަބިއަން ޓްރެވަލް މާކެޓް އޮގަސްޓު މަހަށް ފަސްކޮށްފި

ޖަޒްލާ މުހައްމަދު

logo

3/18/2026, 10:52:33 AM

# އަރަބިއަން ޓްރެވަލް މާކެޓް

މިދިޔަ އަހަރުގެ ފެއާގެ ތެރެއިން- ފޮޓޯ: ހުސައިން ޝިނާން

ރާއްޖެއިން އާންމުކޮށް ބައިވެރިވާ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާ "އަރަބިއަން ޓްރެވަލް މާކެޓް" މިއަންނަ އޮގަސްޓު މަހުގެ މެދުތެރެއަށް ފަސްކޮށްފި އެވެ.

PNC MID 2

މިއަހަރުގެ އަރަބިއަން ޓްރެވަލް މާކެޓް، އޭޓީއެމް ޓްރެވަލް ޓެކް އާއި އައިބީޓީއެމް މިއަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެން ހަތްވަނަ ދުވަހަށް ބާއްވަން ނިންމާފައިވަނިކޮށް، ފެއާ ފަސްކުރަން ޖެހުނީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުންނެވެ.

މާކެޓް އިންތިޒާމްކުރާ ފަރާތްތަކުން އިންސްޓަގްރާމްގައި ކުރި އިއުލާނެއްގައި ވަނީ މިއަންނަ އޮގަސްޓު މަހުގެ 17 ވަނަ ދުވަހުން ފެށިގެން 20 ވަނަ ދުވަހަށް މި މާކެޓް ފަސްކޮށްފައިވާ ކަމަށެވެ. އަދި މިއީ، އެ ފެއާގައި ބައިވެރިވާ ބޭރުގެ އެކި ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވިސްނުމަށްފަހު ކަމަށް، އިންތިޒާމުކުރި ފަރާތުން ބުންޏެވެ.

ނަމަވެސް އަރަބިއަން ޓްރެވަލް މާކެޓުގައި ބައިވެރިވާ ފަރާތްތަކަށް ދޫކޮށްފައިވާ ފާސްތައް، އާ ތާރީޚުތަކުގައި ބޭނުންކުރެވޭނެ ކަމާއި، އެ އިވެންޓު ރާވާފައިވާ ގޮތަށް ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން، އަރަބިއަން ޓްރެވަލް މާކެޓުން ދެއެވެ.

PNC COMMENT
ކޮމެންޓް
PNC COMMENT
ފަހުގެ
HDC