logoEN
PNC TOP 3
ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން 18 ވަނަ ދުވަހު!

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން 18 ވަނަ ދުވަހު!

# ޑިޕާޓްމަންޓް އޮފް ޖުޑީޝަލް މިނިސްޓްރޭޝަން# ޝައްވާލް މަސް

ހަނދު

މި އަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމުގެ ކަންކަން މި މަހުގެ 18ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިއުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފި އެވެ.

PNC MID 2

އެހެން އަހަރުތަކެކޭ އެއްގޮޮތައް މިއަހަރުވެސް އަމަލުކުރާ އުސޫލުގެ ތެރެއިން ހަނދު ބެލުމަށް ދިޔުމާއި، ހަނދު ފެނުނު ކަމަށް ހެކިބަސް ދިނުމުގެ ކަންކަން ޑީޖޭއޭއިންވަނީ އިންތިޒާމްކޮށްފަ އެވެ.

ޑީޖޭއޭއިން ބުނީ މި އަހަރުވެސް ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށްޓަކައި ޝައްވާލް މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހެކިބަސް އަދާކުރަނީ މާލޭގައިނަމަ، މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައި ކަމަށެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައިނަމަ، އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައި ކަމަށާއި މެޖިސްޓްރޭޓެއް ޤާއިމުވެ ނެތް ރަށެއްގައިނަމަ، އެ ވަގުތަކު އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއްގެ ކުރިފުޅުމަތީގައި ކަމަށްވެސް ޑީޖޭއޭއިން ބުންޏެވެ.

ޝައްވާލް މަހުގެ ހަނދު ސާބިތުވަންދެން ރަމަޟާން މަހުގެ 29 ވަނަ ދުވަސް ކަމަށްވާ 18 މާރިޗުގެ ހަވީރު 5:30 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށްވެސް ޑީޖޭއޭއިން ބުންޏެވެ.

އެހެންކަމުން މި އަހަރުގެ ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ވީ އެންމެ އަވަހަކަށް ހަނދާއި ބެހޭ މައުލޫމާތު ދޭން ޖެހޭ އިދާރާތަކަށް ވަޑައިގަންނަވާ މައުލޫމާތު ދިނުމަށް ޑީޖޭއޭއިން ވަނީ އެދިފަ އެވެ. އަދި ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު ގާތްގަނޑަކަށް ހަނދު ހުރި އުސްމިނާއި، މިސްރާބާއި އަދި މި ނޫންވެސް މިފަދަ މުހިންމު މައުލޫމާތު ދޭންވާނެ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

މެޖިސްޓްރޭޓެއް ނެތް ރަށްރަށުގައި އެވަގުތަކު ކޯޓާ ޙަވާލުވެ ހުންނެވި މެޖިސްޓްރޭޓެއް ހުރި ރަށަކަށް ދާންޖެހޭނަމަ ނުވަތަ ހެކިބަސް އަދާކުރުމަށްޓަކައި ދަތުރެއް ކުރަންޖެހޭނަމަ އެ މީހެއްގެ އައުމާއި، ދިއުމުގެ ހރަދު ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ޑިޖޭއޭއިން ބުނެއެވެ.

ކޮންމެ އަހަރަކުވެސް ހަނދު ސާބިތުކުރުމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާއްސަ ބައްދަލުވުމެއް ބާއްވަ އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC