logoEN
PNC TOP 3
މިއަހަރުގެ ރޯދަ މަހުގެ ފަހު ދިހައިގައިވެސް ސަރުކާރު ބަންދުވާނެ - ރައީސް އޮފީސް

މިއަހަރުގެ ރޯދަ މަހުގެ ފަހު ދިހައިގައިވެސް ސަރުކާރު ބަންދުވާނެ - ރައީސް އޮފީސް

# ރައީސް އޮފީސް# ރޯދަމަސް

ރައީސް އޮފީސް

މިއަހަރުގެވެސް ރަމަޟާން މަހުގެ ފަހު 10 އެއް ސަރުކާރު ބަންދުވާނެކަން އިއުލާންކޮށްފި އެވެ.

PNC MID 2

ރައީސް އޮފީހުން މިއަދު ބުނީ އަންނަ މަހުގެ 9 އެއްވާ ހޯމަ ދުވަހުން ފެށިގެން ރޯދަ މަހުގެ ފަހު 10ގައި ސަރުކާރުގެ އޮފީސްތައް ބަންދުވާނެ ކަމަށެވެ.

ރައީސް އޮފީހުން ވަނީ މި ދުވަސްތަކުގައި އެކިއެކި މުއައްސަސާތަކުން ރައްޔިތުންނަށް ކޮންމެހެން ދޭންޖެހޭ ހިދުމަތްތައް، އެ މުއައްސަސާތަކުން ކަނޑައަޅުއްވާ ގޮތެއްގެ މަތިން ދިނުމުގެ އިންތިޒާމު، އެ މުއައްސަސާއަކުން ހަމަޖެއްސުމަށް އެދިވަޑައިގެންފަ އެވެ.

މި ނިންމެވުން ނިންމާފައިވަނީ 1445ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން، ކޮންމެ އަހަރެއްގެ ރަމަޟާން މަހުގެ 20ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިނގާ ދުވަސްތަކަކީ، ސަރުކާރު ބަންދު ދުވަސްތަކެއް ކަމަށް ރައީސް އޮފީހުން 4 ފެބުރުވަރީ 2024 ގައި ނެރުއްވި ދެންނެވުމުން ހަމަޖައްސަވައިފައިވާތީ އެވެ. މިއީ އިސްލާމީ އުސޫލުތައް ގާއިމުކުރުމަށާއި، ދީނީ ކަންކަމަށް ރައްޔިތުން ލޯބި ޖެއްސުމާއި، ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ރައީސް ނިންމަވާފައިވާ ނިންމެވުމެކެވެ.

ރާއްޖޭގައި އިސްލާމީ އުސޫލުތައް ގާއިމުކުރުމާއި ދީނީ ކަންކަމަށް އިސްކަން ދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން، ރަމަޟާން މަހުގެ ފަހު ދިހައިގެ ދުވަސްތައް ބަންދު ކުރެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްވެސްމެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC