logoEN
cocacola
ކާޑެއްދޫ އެއާޕޯޓް މިހާރުވެސް ހިންގަނީ، ވިލާ އެއާއިން ވަކި ކުރިއިރު އޮތް ގޮތަށް - ގާސިމް

ކާޑެއްދޫ އެއާޕޯޓް މިހާރުވެސް ހިންގަނީ، ވިލާ އެއާއިން ވަކި ކުރިއިރު އޮތް ގޮތަށް - ގާސިމް

އަޙްމަދު ޖަމީލު

logo

4/4/2021, 3:32:03 PM

# ކާޑެއްދޫ# ވިލާ އެއާ

Gasim

ގދ ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާ އަތުން އަތުލި މައްސަލައިގެ ޝަރީއަތުގައި، ކާޑެއްދޫ އެއާޕޯޓް މިހާރުވެސް ހިންގަނީ، ވިލާ އެއާއިން ވަކި ކުރިއިރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށް ވިލާ އެއާގެ ޗެއާމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގޮސިޔާ

ގާސިމް މިހެން ވިދާޅުވީ އެ މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުންނެވެ.

ގދ.ކާޑެއްދޫ އެއާޕޯޓް ހިންގުން ވިލާ އެއާއާ ހަވާލު ކުރީ 2013 ވަނަ އަހަރުގައެވެ.އެހެންނަމަވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޖެނުއަރީ، 2017 ވަނަ އަހަރު ސަރުކާރުން ވަނީ އެތަން ވިލާއެއާ އަތުން އަތުލައިފަ އެވެ.

އެ މައްސަލަ ވިލާ އެއާ އިން ކޯޓަށް ހުށަހެޅުމުން މައްސަލަ ބަލައި 2018 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެއާޕޯޓް އަތުލާފައި ވަނީ އެއްބަސްވުމާ ހިލާފަށް ކަމަށެވެ. އަދި ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން 2019 ވަނަ އަހަރު ހައި ކޯޓުން ވެސް ވަނީ އެ ސިވިލް ކޯޓިގެ ހުކުމަށް ތާއިދު ކޮށްފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާސިމް ވިދާޅުވީ ކާޑެއްދޫ އެއާޕޯޓް ހިންގަން ޖެހެނީ ބޮޑު ހަރަދެއްކޮށްގެން ކަމުން، އޭގެ ބަދަލެއްގެ ގޮތުން ރިސޯޓެއް ތަރައްގީ ކުރުމަށްޓަކައި ފަޅުރަށެއް ވިލާއަށް ދިނުމަށް ކާޑެއްދޫ އެއާޕޯޓްގެ އެއްބަސްވުމުގައިވާ ގޮތަށް އެރަށް މިއަދާހަމައަށްވެސް ވިލާއަށް ދީފައި ނުވެއެވެ. އެހެންކަމުން އެއާޕޯޓް ހިންގަންޖެހުނީ ބޮޑު ހަރަދެއްކޮށް ގެއްލުމުގައި ކަމަށްވެސް ވިދާޅުވިއެވެ.

ވިލާއިން ކާޑެއްދޫ އެއާޕޯޓް ނެގީ ފުރިހަމަކުރަން ޖެހޭ ކަންތައްތަކެއް ފުރިހަމަ ނުކޮށްގެން ކަމަށް ވިދާޅުވެ ދައުލަތުގެ ވަކީލާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވައި ގާސިމް ވިދާޅުވީ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ އިން ކާޑެއްދޫ އެއާޕޯޓް މިހާރުވެސް ހިންގަނީ، ވިލާ އެއާއިން ވަކި ކުރިއިރު އޮތް ގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށެވެ. އެގޮތުން ރަންވޭއަށާއި އެއާޕޯޓުގެ ސްޓްރަކްޗާއަށް ގެނައި ބަދަލެއްވެސް ނެތްކަމަށް ގާސިމް ވިދާޅުވިއެވެ.

އެ މައްސަލާގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. އަދި އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ބެންޗުން ވަނީ އިއުލާން ކުރައްވާފައެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުުގެ އިތުރުން ފަނޑިޔާރު މަހާޒް އަލީ ޒާހިިރެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ސުއޫދެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ