
-
ޅ. ކުރެންދޫގައި ބިނާކުރި އައު މިސްކިތް 'މަސްޖިދުއްޞިއްދީޤު' ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު މަޢްރިބް ނަމާދަށް މި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރެވެ. މިސްކިތް ހުޅުވުމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކުރެންދޫ ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ ރައްޔިތުން ވަނީ ބައިވެރިވެލައްވާފައެވެ.
700 މީހުންގެ ޖާގައިގެ މި މިސްކިތަކީ ދަޢުލަތުގެ ބަޖެޓުން 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ބިނާކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގައި އޭސީ ހަރުކޮށްފައިވާއިރު، ދެޖިންސުގެ ފަރާތްތަކަށް ވަކިން ނަމާދު ކުރެވޭނެ އަދި ވުޟޫކުރެވޭނެ އިންތިޒާމްވެސް ޤާއިމް ކުރެވިފައިވެއެވެ.
މި ރަމަޟާން މަހުގެ ކުރިން އިތުރު މިސްކިތްތަކެއް ހުޅުވުމަށްވެސް ވުޒާރާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ދައުރުގެ ތެރޭގައި އިސްލާމީ ދާއިރާއިން 90 މަޝްރޫޢު ކުރިއަށްދާކަން ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.
ގުޅުންހުރި

ބޮޑު މިސްކިތް ޢިމާރާތް ކުރުމުގެ ފަހުމުނާމާގައި ސައުދީ ކުންފުންޏަކާއިއެކު ސޮއިކުރުމަށް ޝަހީމް ސައުދީއަށް!

އިސްލާމީ ދާއިރާއިން 14 ރަށެެއްގައި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ސޮއިކޮށްފި

ޝައްވާލް މަހުގެ ހަނދު ސާބިތުކުރުން މިރޭ!

.gif&w=3840&q=75)



