
އިމާމު އިބްނުލްޤައްޔިމް ލިޔުއްވާފައިވާ 'އައްޠުރުޤުލް ޙުކްމިއްޔާ ފިއްސިއްޔާސަތިއްޝަރްޢިއްޔާ' ފޮތުގެ ދިވެހި ތަރުޖަމާ ނެރެފި
# އިސްލާމިކް މިނިސްޓްރީ-
އިސްލާމީ ޢިލްމުގައި ފާހަގަކޮށްލެވޭ ފޮތްތައް ދިވެހިބަހަށް ތަރުޖަމާކުރުމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ފަށާފައިވާ މުހިއްމު މަސައްކަތުގެ ދަށުން، އިމާމު އިބްނުލްޤައްޔިމް ލިޔުއްވާފައިވާ، 'އައްޠުރުޤުލް ޙުކްމިއްޔާ ފިއްސިއްޔާސަތިއްޝަރްޢިއްޔާ' (الطُّرُقُ الْحُكْمِيَّةُ فِي السِّيَاسَةِ الشَّرْعِيَّةِ) ގެ ދިވެހި ތަރުޖަމާ މިއަދު ނެރެފިއެވެ.

މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. 'ޝަރުޢީ ސިޔާސަތުގެ އަލީގައި ޙުކުމްކުުރުމުގެ ގޮތްތައް' މި ފޮތަކީ އިސްލާމީ ފިޤުހާއި ޝަރްޢީ ސިޔާސަތާއި ފަނޑިޔާރުކަމުގެ ޢިލްމުގެ މުހިންމު މަޞްދަރުތަކުގެ ތެރޭގައި ހިމެނޭ ފާހަނގަކޮށްލެވޭ ވަރަށް ޢިލްމީ ފޮތެކެވެ. އެކަލޭގެފާނު ވަނީ މިފޮތުގައި އިސްލާމީ ޤަޟާއީ ނިޒާމާ ބެހޭ ފިޤުހާއި ޝަރުޢީ މަޤުޞަދުތައް ޖަމަޢަކުރައްވާފައެވެ.
އަދި ވަގުތާއި ޙާލަތައް ޝަރުޢުގެ ޙުކުމްތަކާއި މަޤާޞިދުތައް ފައްތާނެ ގޮތްތަކާއި ޢަދުލުވެރިކަމާއި ޙައްޤު ޤާއިމުކުރާނެ ޤަވާޢިދުތަކާއި ހަމަތަކާއި ހެއްކާއި ޤަރީނާއާ ގުޅޭ ގޮތުން ޝަރުޢުގައި ބަޔާންވެގެންވާ އަސާސްތަކާއި މަބާދިއުތައް ގެންނަވާފައެވެ. ޚަޞްމުންގެ މެދުގައި ޢަދުލަށް ޙުކުމްކުރާނެ ގޮތްތައް ގެންނަވާފައިވެއެވެ. މީގެ އިތުރުން ޙައްޤުތައް ޙިމާޔަތްކުރާނޭގޮތުގެ ޙުކުމްތައް ބަޔާންކުއްވައި ޝަރުޢީ ސިޔާސަތަކީ ޝަރުޢުގެ މަޤާޞިދުތައް ތަންފީޒުކުރުންކަން ކަށަވަރު ކުރައްވާފައެވެ.
ޙުކުމްކުރުމުގެ މަޤުޞަދަކީ ޢަދުލުވެރިކަން ޤާއިމުކުރުންކަމަށާއި، އަނިޔާވެރިކަމަށް މަގުފަހިވާ އެންމެހައި ކަންކަން ނައްތާލުންކަން ބަޔާންކުރައްވައި ޝަރުޢީ ހަމަތަކުގެ މަތިން ޙުކުމްކުރުމުގެ ގޮތްތައް ކީރިތި ޤުރުއާނާއި ސުންނަތުގެ މަންހަޖުގެ އަލީގައި މި ފޮތުގައިބަޔާންކުރައްވާފައިވެއެވެ.
މިއީ އިސްލާމީ ޤަޟާއީ ޢިލްމު (އިސްލާމިކް ޖުޑިޝަލް ސައިންސް) ގެ ދާއިރާއިން ދިވެހިރާއްޖޭގައި ދިވެހި ބަހުން ޝާއިޢުކުރެވޭ އެންމެ ބޮޑު ފޮތްކަން ފާހަގަކޮށްލެވެއެވެ. މިފޮތުގައި 845 ހިމެނެއެވެ. އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި ފޮތް ތަރުޖަމާ ކުރެއްވީ އައްޝައިޚް ޢަލީ ނަޖީބުއެވެ. އަދި މި ފޮތް މުރާޖަޢާ ކުރެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
ގުޅުންހުރި

އިމާމު އިބްނުލްޤައްޔިމް ލިޔުއްވާފައިވާ 'އައްޠުރުޤުލް ޙުކްމިއްޔާ ފިއްސިއްޔާސަތިއްޝަރްޢިއްޔާ' ފޮތުގެ ދިވެހި ތަރުޖަމާ ނެރެފި

ރަމަޟާން މަހު އަތޮޅު އިޙްޔާ ފޯރަމް 10 ރަށެއްގައި އޮންނާނެ!

އިސްލާމިކް ވަޤްފު ފަންޑުން ޚަރަދުކޮށްގެން ނައިފަރުގައި ބިނާކުރި ޤުރުއާން ހިތުދަސްކުރާ މަރުކަޒު ހުޅުވައިފި





