logoEN
Sto top
ހދ ގެ ރަށްރަށުގައި ކުރިމަތިވާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކޮށްފި

ހދ ގެ ރަށްރަށުގައި ކުރިމަތިވާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާކޮށްފި

އަހުމަދު ޝުރާއު

logo

2/11/2026, 4:49:25 AM

# ހދ އަތޮޅު ކައުންސިލް

-

ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ހދ. އަތޮޅު ކައުންސިލު މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

Wamco

ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މި ފެބުރުވަރީ މަހުގެ 10 ވަނަ ދުވަހު ބޭއްވި މި ބައްދަލުވުމުގައި، ހދ. އަތޮޅުގައި ކުރިއަށްގެންދާ މި ޚިދުމަތުގެ އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް މަސައްކަތްތައް ކުރިއަށްދާ ގޮތާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ފުލުހުންގެ ހިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނާ ގާތުން ހިދުމަތް ދެވޭނެ ގޮތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުވުމުގައި، ކައުންސިލުތަކުން ފުލުހުންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާއި ރަށްރަށުގައި ކުރިމަތިވާ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ގުޅިގެން މަސައްކަތް ކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ފުލުުހުންގެ ކަމާ ގުޅުންހުރި ބަހާތަކުގެ އޮފިސަރުންނާއި، ހދ. އަތޮޅު ކައުންސިލު މެންބަރުން ބައިވެރިވެލެއްވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC