
-
މިލަދުންމަޑުލު އުތުރުބުރީ ފެދޫގައި ކުރިއަށްދާ އައު އިންޖީނުގެއަށް ނެޓްވޯކް ބަދަލުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ، ޖުމްލަ 3800 މީޓަރުގެ ކޭބަލް އެޅުމަށް ހަމަޖެހިފައިވާ މި މަސައްކަތުގެ ތެރެއިން %75 ކޭބަލް މިހާރު ވަޅުލައި ނިމިފައިވާކަމަށެވެ. މިހާރު އެރަށުގައި ކަރަންޓު ދެމުން ގެންދަނީ 35sqmm ގެ ކޭބަލުންކަމަށް ވާއިރު، މިގެންނަ ބަދަލާއެކު މިހާރު އަޅަމުންދަނީ 120smm އަދި 150sqmm ސައިޒުގެ ކޭބަލްކަމަށް ފެނަކައިން ބުނެއެވެ.
އައު އިންޖީނުގެއަށް ރިލޮކޭޓްވުމަށް ކުރަމުންދާ މި މަސައްކަތް އެއްކޮށް ނިމި ޚިދުމަތް ފެށުމުން، ރަށަށް ފޯރުކޮށްދޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެން ދާނެ ކަމަށް ފެނަކައިން މައުލޫމާތުދެއެވެ.
ފެނަކައިން ދަނީ މިލަދުންމަޑުލު އުތުރުބުރީ ފޯކައިދޫގައިވެސް ކަރަންޓު ނެޓްވޯކު އަޕްގްރޭޑް ކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އައު ކޭބަލް ވަޅުލުމުގެ މަސައްކަތަކާއި ޑިސްޓްރިބިއުޝަން ފޮށިތައް އައު ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް މިހާރުވަނީ ނިމިފައެވެ. މި މަސައްކަތުގެ ދަށުން ރަށުގައި ބެހެއްޓިފައިވާ 11 ޑިސްޓްރިބިއުޝަން ފޮށްޓެއް މިހާތަނަށް ވަނީ ބަދަލު ކުރެވިފައެވެ. އަދި ރަށުގައި މިހާރު ބޭނުން ކުރަމުންދާ 16sqmm ކޭބަލް، 50smm - 150sqmm ކޭބަލަށް އަޕްގްރޭޑް ކުރެވިގެންދާނެއެވެ. މި މަސައްކަތް ނިމުމުން ކަރަންޓު ވޯލްޓޭޖް ދަށްވުމުގެ މައްސަލައަށް ޙައްލެއް ލިބި ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅު ވެގެންދާނެއެވެ.
މީގެ އިތުރުން މިލަދުންމަޑުލު އުތުރުބުރީ ފީވަކުގައި، އެރަށު ކައުންސިލުން ތަރައްޤީކުރާ އެކޮމޮޑޭޝަން ބްލޮކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަނީ ފެނަކަ ކޯޕަރޭޝަނުންނެވެ. އެކޮމޮޑޭޝަން ބްލޮކަށް ކަރަންޓު ފޯރުކޮށްދިނުމަށްޓަކައި މިހާރު ކުރަމުން ދަނީ އައު ޑިސްޓްރިބިއުޝަން ފޮށްޓެއް ބެހެއްޓުމުގެ މަސައްކަތް ކަމަށް ފެނަކައިން ބުނެއެވެ.
ގުޅުންހުރި

ށަވިޔަނި ފޭދޫގެ ކަރަންޓް އަޕްގްރޭޑިންގ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ނެއްލައިދޫ އަދި ކުމުންދޫގައި ކަރަންޓު ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިއްޖެ

ފެނަކައިން ކުރިޔަށްގެންދާ ލޭ ހާދިޔާކުރުމުގެ ގައުމީ ކެމްޕެއިން "ލޭފަވެތި ފެނަކަ" މިފަހަރު އައްޑޫގައި!





