
-
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވައިގެ ދަތުރުފަތުރުގެ ސިނާއަތަށް ޚާއްސަކޮށްގެން "ވެލާނާ އެވޯޑްސް"ގެ ނަމުގައި ރާއްޖޭގައި ފުރަތަމަ ފަހަރަށް އެވޯޑެއް ތަޢާރަފުކޮށްފިއެވެ.

މި އެވޯޑަކީ ދަތުރުފަތުރުގެ ގުޅުންތައް ވަރުގަދަކުރުމަށާއި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި އަދި ދަތުރުވެރިންނާއި ވިޔަފާރިވެރިންގެ މެދުގައި މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޕާޓްނަރުން ކުރާ އަގުހުރި މަސައްކަތް ފާހަގަކޮށް، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކު ދޭން ކަނޑައަޅާފައިވާ އެވޯޑެކެވެ.
މި އަހަރުގެ އެވޯޑުގައި 3 ދާއިރާއަކުން 22 އެވޯޑް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެ
ވޯޑް ދިނުމަށް ހަމަޖެހިފައިވާ މައިގަނޑު ކެޓަގަރީތަކުގެ ތެރޭގައި ހިމެނެނީ ފަސެންޖާ އެވޯޑްސް، ކާގޯ އެވޯޑްސް އަދި ލައުންޖް އެވޯޑްސްއެވެ. އޭގެ އިތުރުން އަހަރުގެ އެއާލައިން ފާހަގަކޮށް ޚާއްސަ އެވޯޑެއްވެސް ދޭން ވަނީ ނިންމައިފައެވެ.
މި އަހަރުގެ އެވޯޑް ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައެވެ.
ގުޅުންހުރި

އެއާ އިންޑިއާއިން ރާއްޖެއަށް ދަތުރުތައް ފެށިތާ 50 އަހަރު!

ޓަރމިނަލް 2 އަށް ޑޮމެސްޓިކް އޮޕަރޭޝަން ބަދަލުކުރުމަކީ ހިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތަށް އިތުރުވި އާ ބޮޅެއް: އެމްޑީ ޝަރީފް

އެމްއޭސީއެލް އިން އޭވިއޭޝަން ދާއިރާއަށް ހާއްސަކޮށްގެން ފުރަތަމަ ފަހަރަށް އެވޯޑެއް ދީފި

.gif&w=3840&q=75)



