logoEN
Sto top
އެޕްސްޓީންއާއި މުއާމަލާތްކުރިއިރު 2008 ވަނަ އަހަރު އޭނާގެ މައްޗަށް ޖިންސީ ކުށުގެ ދައުވާކުރި ކަމެއް ނޭނގޭ- ވަހީދު

އެޕްސްޓީންއާއި މުއާމަލާތްކުރިއިރު 2008 ވަނަ އަހަރު އޭނާގެ މައްޗަށް ޖިންސީ ކުށުގެ ދައުވާކުރި ކަމެއް ނޭނގޭ- ވަހީދު

އަހުމަދު ޝުރާއު

logo

2/3/2026, 10:18:13 AM

# މުހައްމަދު ވަހީދު ހަސަން

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ މުއާމަލާތްކުރަން ފެށި އިރު އޭނާގެ މައްޗަށް 2008 ވަނަ އަހަރު ޖިންސީ ކުށުގެ ދައުވާކުރި ކަމެއް ނޭނގޭ ކަމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

Wamco

ޖިންސީ ގޯނާއާއި ބްލެކްމެއިލްކުރުންފަދަ ބޮޑެތި ޖިނާއީ ކުށްތަކަކަށް އަރައިގަތް އެމެރިކާގެ ޖެފްރީ އެޕްސްޓީންއާއި ރާއްޖޭގެ ކުރީގެ ރައީސް ޑރ ވަހީދު އާއި ދެމެދު ވަރަށް ގާތް ގުޅުންތަކެއް އޮތްކަން އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ އެޕްސްޓީންގެ އީމެއިލް އަދި އެސްއެމްއެސް މުއާމަލާތްތަކުން ވަނީ ފަޅާއަރާފައި އެވެ.

ގިނަ ބަޔެއްގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންދަނިކޮށް މިއަދު ވަހީދުގެ އޮފީހުން ވަނީ މިކަމާއި ގުޅިގެން ބަޔާނެއް ނެރެފައި އެވެ. އެގޮތުން ވަހީދުގެ ބަޔާނުގައި ވަނީ ރައީސުލްޖުމްހުރިއްޔާގެ ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވާކަން ހާމަކުރައްވާފައި އެވެ. އަދި އެޕްސްޓީންގެ ފަރާތުން ލިބުނު ޖިންސީ ގޯނާ އާއި އަނިޔާއިން ސަލާމަތްވި މީހުންނާ އެކު ތެދުވުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށާއި އެފަދަ ޖަރީމާތަކަށް މުޖުތަމައުގައި ޖާގައެއް ނެތް ކަމަށް ވިދާޅުވެ ވަހީދުވަނީ އެޕްސްޓައިންއާ އޭނާ ނުވަތަ އޭނާގެ އާއިލާއިން ކުރި އެއްވެސް މުއާމަލާތަކީ ޕްރޮފެޝަލް މުއާމަލާތްތަކެއް ކަމަށާއި ރަސްމީ މާހައުލުތަކުގައި ކުރިއަށް ގެންދިޔަ މުއާމަލާތުތަކެއްކަން ފާހަގަކުރައްވާފައި އެވެ. އަދި މުއާމަލާތްތައް ކުރިޔަށް ދިޔައިރު ޖިނާއީ އެއްވެސް އަމަލެއް އެޕްސްޓައިންގެ ފަރާތުން އެމަނިކުފާނަށާއި އާއިލާއަށް ވެސް ފާހަގަކުރެވިފައިނުވާ ކަމަށެވެ.

ބަޔާނުގައި ވަހީދު ވިދާޅުވީ އެޕްސްޓައިންއާ ބައްދަލުވީ ރާއްޖެ އިން ބައިނަލްއަގްވާމީ އިރުޝާދާއި ތާއީދު ހޯދަމުން ދިޔަ ދުވަސްވަރެއްގައި ޕޮޓެންޝަލް ފައިނޭންޝަލް އެޑްވައިޒަރެއްގެ ގޮތުގައި ނުފޫޒުގަދަ ބޭފުޅުންތަކެއްގެ ފަރާތުން ކަމަށެވެ. އަދި އޭނާގެ ފަރާތުން ލިބުނު އިރުޝާދާއި ލަފައަށް އެއްވެސް މާލީ އެހީއެއް ދީފައިނުވާނެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ވަހީދުގެ ބަޔާނުގައި ވަނީ އެޕްސްޓައިންއާއި ފުރަތަމަ ބައްދަލުވުމުގެ ކުރިން ޑިއު ޑިލިޖެންސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވިފައިވާކަން ގަބޫލުކުރައްވައި، އެޕްސްޓައިންގެ 2008 ވަނަ އަހަރުގެ ޖިނާއީ ދައުވާއާއި ހުކުމް އޭރު އެމަނިކުފާނަށް ނޭނގޭ ކަމަށް ވިދާޅުވެފައި އެވެ. އަދި އެކަން އެނގުނު ނަމަ ފުރަތަމަ ބައްދަލުވުމަށް ވުރެ ދުރަށް ގުޅުން ދެމިގެން ނުދިޔައީސް ކަމަށެވެ.

ބަޔާނުގައި ވާގޮތުން ނަމަ ވަހީދުއާއި އެޕްސްޓައިން ދެފަހަރެއްގެ މަތީން ބައްދަލުކޮށްފައިވެއެވެ. އެއީ 23 ސެޕްޓެމްބަރު 2012 ގައި ދައުލަތުގެ އިސް ބޭފުޅުންނާއެކު ރޭގަނޑުގެ ފަރިއްކޮޅެއްގައި އާއި 2014 ވަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު ދަރިކަލުން ޖެފްރީ ސަލީލް ވަހީދު އާއިއެކުގައި ބޭއްވުނު ބައްދަލުކުރެއްވުމުގައި އެވެ. މި ދެ ބައްދަލުކުރެއްވުންވެސް ބާއްވާފައިވަނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އެޕްސްޓައިންގެ އެޕާޓްމެންޓުގައިކަން ވަހީދު ވަނީ ކަށަވަރުކޮށްދީފައި އެވެ.

ރިޔާސީ ދައުރުގައި ނުވަތަ އޭގެ ފަހުން އެއްވެސް ގޯހެއް ކޮށްފައިވާ ކަމަށް ވަރުގަދައަށް އިންކާރު ކުރައްވަމުން ވަހީދު ވިދާޅުވީ އެޕްސްޓައިންއާ އެކު އެއްވެސް ބޭއްވުނު ގުޅުމުގެ ސަބަބުން މިހާރު އަދާކުރަމުންދާ ރައީސުލްޖުމްހުރިއްޔާގެ ސެޕެޝަލް އެންވޯއޯކަމުގެ މަގާމު ފައިދާހުރި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި އެހެންކަމުން އެމަނިކުފާނު ސްޕެޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒުއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC