
-
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން އެ މަޤާމުން މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

ވަހީދުގެ އިސްތިޢުފާގެ ސިޓީވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައެވެ.
ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ވަޙީދު އެމަގާމުން އިސްތިއުފާ ދެއްވާފައިމިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށް، އެ ކުދިންނާއި އެތައް ބަޔަކު ބްލެކްމެއިލްކުރި ޖެފްރީ އެޕްސްޓީންއާ އެކު ވަހީދު ގާތް ގުޅުމެއް ބޭއްވިކަން ހެއްކާއިއެކު ހާމަވެފައިވަނިކޮށެވެ.
އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ހާމަކޮށްފައިވާ އެޕްސްޓީންގެ އީމެއިލް އަދި އެސްއެމްއެސް މުއާމަލާތްތަކުން އެނގޭ ގޮތުގައި ވަހީދު ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި އިރުން ފެށިގެން އެޕްސްޓީންއާއި ވަރަށް ގާތް ގުޅުމެއް ބާއްވާފައި އެވެ. މިއީ 2008 ވަނަ އަހަރު އެޕްސްޓީންގެ މައްޗަށް ޖިންސީ ކުށުގެ ތުހުމަތުކޮށް، ޖަލަށް ލައި އެތައް މަހެއް ވަންދެން ބަންދުގައި ހުރުމަށް ފަހު ދޫކޮށްލި ފަހުން ބޭއްވި ގުޅުމެއްކަންވެސް ވަނީ ކަށަވަރުވެފައި އެވެ.
މިގޮތުން ރައީސްގެ ނަޝީދުގެ ވެރިކަން ބަދަލުވުމަށްފަހު ވަހީދު ރައީސްކަމަށް ވަޑައިގެން ވެރިކަމުގެ މުހިންމު ބައެއް ކަންކަމުގައި އެޕްސްޓީންގެ ލަފާއާއި މަޝްވަރާ ވަހީދު ވަނީ ހޯދާފައި އެވެ.
އެޕްސްޓީންގެ ފައިލްތަކާއިއެކު ގިނަ ބަޔެއްގެ ނުރުހުން ވަހީދުއަށް އަމާޒުވެގެންދިޔައިރުވެސް ވަހީދު ފާއިތުވި ދުވަސްތަކުގައި ހުންނެވީ ހަނު އެވެ. އަދި ސްޕޭޝަލް އެންވޯއީގެ މަގާމުން އިސްތިއުފާ ދެއްވިކަންވެސް ހާމަކުރީ މިއަދު ރައީސް އޮފީހުންނެވެ.
ގުޅުންހުރި

ރައީސްގެ ސްޕެޝަލް އެންވޯއިގެ މަގާމުން ވަހީދު އިސްތިއުފާ ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ، ރަސްމީ ދަތުރުފުޅެއްގައި ޖަރުމަނުވިލާތަށް ވަޑައިގަންނަވަނީ

ސަރުކާރަށް ފަންނީ ލަފަޔާއި މަޝްވަރާ ދިނުމަށް 3 ކޮމިޓީއެއް އެކުލަވާލަނީ: މެމްބަރުކަމަށް މިހާރު ކުރިމަތިލެވޭނެ!





