logoEN
Sto top
ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު ގައިދީއަކުވެސް ނިޔާވެއްޖެ

ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު ގައިދީއަކުވެސް ނިޔާވެއްޖެ

އަހުމަދު ޝުރާއު

logo

2/2/2026, 5:26:47 PM

# ހުޅުމާލެ ޖަލު

ހުޅުމާލެ ޖަލު - ފޮޓޯ: ޖަވިޔަނި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދިޔަ އިތުރު މީހަކު ނިޔާވެއްޖެ އެވެ.

Wamco

ކަރެކްޝަންސްއިން މިރޭ ބުނީ ހުޅުމާލޭ ޖަލުގައި ދިގު ޙުކުމެއް ތަންފީޛު ކުރަމުންދިޔަ ސ. ހިތަދޫ، ދިއްގާގަސްދޮށުގެ / ޙަސަން ނިޔާޒް (45އ) މިއަދު މެންދުރު ފަހު ނިޔާވެފައިވާ ކަމަށެވެ.

އެގޮތުން މިއަދު މެންދުރު ފަހު އޭނާ އަށް ކުއްލި މެޑިކަލް އެމަރޖެންސީއެއް ދިމާވެ، ހުޅުމާލޭ ހޮސްޕިޓަލަށް އަވަސް ފަރުވާއަށް 13:30 ގެންދެވި، އަވަސް ފަރުވާ ދޭން ފަށާފައިވެއެވެ. އަދި 14:05 ގައި އޭނާ ނިޔާވި ކަމަށް ޑޮކްޓަރުން އަންގާފައިވެއެވެ.

ޙަސަން ނިޔާޒް ނިޔާވުމާ ގުޅިގެން ކަރެކްޝަންސްއިން ވަނީ ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައެވެ.

މިއަދު މެންދުރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ އިތުރު މީހަކުވެސް ވަނީ ނިޔާވެފައި އެވެ. ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައި ވަނިކޮށް ނިޔާވީ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ) އެވެ. އިބްރާހިމް ސުޙެއިލް ނިޔާވެފައިވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، 9:05 ހާއިރުގައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC