
މި އަހަރުގެ ރައްކާ ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެލައިޑާއިއެކު ސޮއިކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް-
މި އަހަރުގެ ރައްކާ ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއަދު އިސްކަންދަރު ބިލްޑިންގގައި އޮތް ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ލުވައިޒްއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރާ މަސައްކަތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ވަރަށް މުހިިންމު ދައުރެއް އަދާކުރާކަން ފާހަގަކުރެއްވިއެވެ. އަދި އެލައިޑް އިންޝުރެންސް ކުންފުންޏަކީ ރައްކާގެ އެންމެ ދުވަސްވީ ޕާޓްނަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެ ކުންފުންޏަށް ޝުކުރު އަދާކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފްއާއި، ޓްރެފިކް ޕޮލިސް އަދި ރޯޑް މެނޭޖްމަންޓް ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރުގެ އިތުރުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އަންޑަރ ރައިޓިންގ އޮފިސަރ ލޫލިއާނާ ރުސެއިއާއި ޖެނެރަލް މެނޭޖަރ ނަސްރަތު މުޙައްމަދު ބައިވެރިވެލެއްވިއެވެ.
ގުޅުންހުރި

މި އަހަރުގެ ރައްކާ ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެލައިޑާއިއެކު ސޮއިކޮށްފި

ފީއަލީ ފިހާރަތަކަށް ޒިޔާރަތްކޮށް މައުލޫމާތު ދިނުމުގެ ހަރަކާތެއް ކުރިއަށް ފުލުހުން ގެންގޮސްފި

ތިލަފުށިން ގެއްލިގެން ހޯދަމުންދަނިކޮށް މަރުވެފައި އޮތްވާ ފެނުނު އަމީން މިއާގެ މަރާއި ގުޅިގެން ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި





