
-
މާދަމާއިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ ކްރެޑިޓް ކާޑުގެ ލިމިޓުތައް ބޮޑުވާނެ އެވެ.

ފެބްރުއަރީ އެއްވަނަ ދުވަހުން ފެށިގެން ކްރެޑިޓް ކާޑުގެ ލިމިޓުތައް ބޮޑުވާނެކަން ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.
އެ ޕޯސްޓުގައި ރައީސް ވިދާޅުވީ ކްރެޑިޓް ކާޑް އިން މަހަކު ބޭނުންކުރެވޭ ޑޮލަރު ލިމިޓު ބޮޑު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، 1 ފެބްރުއަރީ 2026 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސް ގެ ކްލެސިކް ކާޑާއި ގޯލްޑް ކާޑު އަދި ޕްލެޓިނަމް ކާޑުގެ ލިމިޓު ބޮޑުކުރެވިގެންދާނެ ކަމަށެވެ.
އެގޮތުން ކްލެސިކް ކާޑުގެ ލިމިޓް 750 ޑޮލަރުން 1400 ޑޮލަރަށް، ގޯލްޑް ކާޑުގެ ލިމިޓް 750 ޑޮލަރުން 1500 ޑޮލަރަށް، އަދި ޕްލެޓިނަމް ކާޑުގެ ލިމިޓް 1500 ޑޮލަރުން 2000 ޑޮލަރަށް ބޮޑު ކުރެވިގެންދާނެ ކަން ރައީސް ހާމަކުރެއްވި އެވެ.
މާދަމާއިން ފެށިގެން ކްރެޑިޓް ކާޑުތަކުގެ ލިމިޓަށް އަންނަ ބަދަލުތައް ބީއެމްއެލުންވަނީ މިދިޔަ ހަފްތާގައި ތަފްސީލުކޮށް ހާމަކޮށްފައެވެ.
ކްރެޑިޓް ކާޑުގެ ލިމިޓުތައް ބޮޑުކުރަން ބީއެމްއެލުން ނިންމާފައިވާއިރު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ޑެބިޓްކާޑުގެ ލިމިޓުތަކަށްވެސް ބޮޑެތި ބަދަލުތަކެއް ބީއެމްއެލުން ވަނީ ގެނެސްފައި އެވެ. އެގޮތުން ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާދެއްކޭ އަދަދު އެއްހާސް ޑޮލަރަށް ބޮޑުކޮށްފައިވާއިރު އެއާލައިންތަކުން ޓިކެޓްގަތުމާއި، ރާއްޖެއިން ބޭރުން ހޮޓާތަކަށް ފައިސާދެއްކޭ އަދަދު ތިންހާސް ޑޮލަރަށް އިތުރުކޮށް، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާފަރާތްކަށް، ބޭންކުގައި އެދުމުން އެ ފައިސާ ހޮސްޕިޓަލްތަކަށް ޑެބިޓްކާޑް މެދުވެރިކޮށް، ދެއްކޭނެ އިންތިޒާމް ބީއެމްއެލުން ވަނީ ހަމަޖައްސާފައި އެވެ.
ގުޅުންހުރި

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ފޭސް 1 ގައި ތަރައްގީކުރާ 364 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް ފަށައިފި

މެދުއިރުމަތީގެ ހާލަތާއިއެކު ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވާ ގެއްލުންތަކުން އަރައިގަތުމަށް އެހީވާނަން - ބީއެމްއެލް

ބީއެމްއެލުން ހިއްސާދާރުންނަށް 322 މިލިއަން ރުފިޔާގެ ރެކޯޑު އަދަދެއްގެ ފައިދާ ބެހުމަށް ނިންމައިފި




