
ބ. ފެހެންދޫ އާއި ގޮއިދޫ ޞިއްޙީމަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ލައިކޯ ކޮންސްޓްރަކްޝަންސްއަށް!
# ބ ފެހެންދޫ# ބ ގޮއިދޫ-
ބ. ފެހެންދޫއާއި ގޮައިދޫ ޞިއްޙީމަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓްރީން މި މަޝްރޫއު ހަވާލުކުރީ ލައިކޯ ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއެވެ.
ޞިއްޙީ ވުޒާރާގައި ވަކިވަކީން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ފެހެންދޫ ސިއްހީ މަރުކަޒުގެ މަޝްރޫއުއުގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އިސްމާޢިލް ޝަރީފް އެވެ. ގޮއިދޫ ސިއްހީ މަރުކަޒުގެ މަޝްރޫއުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު މުޙައްމަދު މާހިރު އެވެ.
މި ދެ މަޝްރޫއުވެސް ހަވާލުކުރި ލައިކޯ ކޮންސްޓްރަކްޝަންސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ ކުންފުނީގެ ޑިރެކްޓަރ، އިބްރާހިމް ލަޔާން ރިޔާޒް އެވެ.
ފެހެންދޫ ސިއްހީ މަރުކަޒު މަޝްރުޢޫއަކީ 480 ދުވަސްތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރުޢޫ އެކެވެ. މި މަޝްރުޢޫ ގެ އަގަކީ 6.7 މިލިއަން ރުފިޔާ އެވެ.
އަދި ގޮއިދޫ ސިއްހީ މަރުކަޒުގެ މަޝްރޫއަކީވެސް 480 ދުވަސްތެރޭގައި ނިންމުމަށް 8.2 މިލިއަން ރުފިޔާއަށް އެކުންފުންޏާއި ހަވާލުކުރި މަޝްރޫއެކެވެ.
ގުޅުންހުރި

ބ. ފެހެންދޫ އާއި ގޮއިދޫ ޞިއްޙީމަރުކަޒުގައި އަލަށް އިތުރުކުރެވޭ ޢިމާރާތުގެ މަސައްކަތް ލައިކޯ ކޮންސްޓްރަކްޝަންސްއަށް!

ފެހެންދޫގައި ބީއެމްއެލްގެ އޭޓީއެމް ހިދުމަތް ފަށައިފި

ފެހެންދޫ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތްވެސް ފަށައިފި





