logoEN
Sto top
އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީއެއް!

އައްޑޫ ސިޓީ ހިތަދޫގައި މާރާމާރީއެއް!

އަހުމަދު ޝުރާއު

logo

1/21/2026, 5:33:41 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

އައްޑޫ ހިތަދޫގައި ސައިކަލެއްގައި ދިޔަ މީހެއް މަގުގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ޖެހައި މާރާމާރީ ހިންގި މައްސަލައެއް ބަލަމުން އަންނަކަން ފުލުހުން ހާމަކޮށްފި އެވެ.

Wamco

ފުލުހުންގެ މީޑީއާ އޮފިޝަލް މިރޭ ވިދާޅުވީ އައްޑޫ ސިޓީ، ހިތަދޫ ނޫރަލީ މަގުން ސައިކަލެއްގައި ދިޔަ މީހަކު، އެމަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖަހައި މާރާމާރީއެއް ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދިންކަމަށްބުނެ ވާހަކަތަކެއް މީސް މީޑީއާގައި ފެތުރެމުންދިޔަ ނަމަވެސް އެކަން ދޮގުކުރައްވައި މީޑީއާ އޮފިޝަލް ވިދާޅުވީ މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީފައި ނުވާ ކަމަށާއި އެއްވެސް މީހަކަށް ބޭރުފުޅުން ފެންނަށް ހުރި އަނިޔާއެއް ނުވަތަ ޒަހަމެއް ވެފައި ނުވާ ކަމަށެވެ.

މި މައްސަލައާއި ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން އަދި މިހާތަނަށް ހާމަކޮށްފައިނުވާއިރު މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC