logoEN
Sto top
ހުޅުމާލެ އާއި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްޤީކުރަން އެމްއޭސީއެލްއަށް!

ހުޅުމާލެ އާއި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްތައް ތަރައްޤީކުރަން އެމްއޭސީއެލްއަށް!

އަހުމަދު ޝުރާއު

logo

1/21/2026, 5:44:28 AM

# އެމްއޭސީއެލް

-

ހުޅުމާލޭގަ އާއި ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްތަކެއް ތަރައްޤީކުރަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކޮށްފި އެވެ.

Wamco

އިއްޔެ ސްޕޯޓްސް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ/އެމްޑީ އިބްރާހީމް ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ ފޭސް އެކަކާއި ދޭއްގެ އިތުރުން ވިލިމާލޭގައި ސްޕޯޓްސް ކޮމްޕްލެކްސްއެއް ހަދަން ވަނީ އެމްއޭސީއެލްއާއި ހަވާލުކޮށްފައެވެ.

މި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 1200 މީހުންނަށް ތިބެވޭނެ ޖާގައާއި އިންޑޯ ހުރިހާ ކުޅިވަރެއް ކުޅެވޭގޮތަށް، މާލޭގައި ހުންނަ ސޯޝަލް ސެންޓަރު ހުންނަ ފެންވަރަށެވެ.

2026ގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި ބޮޑެތު ރަށްތަކުގައި ހުރިހާ ކުޅިވަރެއް ކުޅެވޭ ގޮތަށް ސްޕޯޓްސް ކޮމްޕްލެކްސް ގާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC