
ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި
# ދިވެހި ފުލުހުންގެ ޙިދުމަތް# މަސްތުވާތަކެތިފޮޓޯ: ޕޮލިސް
ނ. ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. ކުޑަފަރި / ކެތި ، ސަހުލު މުޙައްމަދު (48އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީމާޅެންދޫއިން ކުޑަފަރިއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޑަފަރި ޕޮލިހާއި މާޅެންދޫ ޕޮލިހުން ގުޅިގެން ހިންގި އޮޕަރޭޝަންގައެވެ.
މި މަހު 15 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ކުޑަފަރިއަށް ޑިންގީއެއްގައި އައުމުން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 23 ރަބަރު ޕެކެޓު ފެނިފައިވެއެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މި މައްސަލައާ ގުޅިގެން ސަހުލު މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
ގުޅުންހުރި

ގައްދޫގައި ޓީޗަރަކަށް ދަރިވަރަކު އަނިޔާކުރި މައްސަލައެއް: ޓީޗަރަށް އޭއެސްއެމްއެޗުގައި އިތުރު ފަރުވާދެނީ

މާލޭގެ އެޕާޓްމެންޓަކުން 4 މިލިއަން ވަގަށް ނަގައިފި: 4 މީހަކު ހައްޔަރުކޮށް އަދި މިހާތަނަށް ހޯދުނީ ބައިލައްކަ ރުފިޔާ!

ވޭޕާއި ގުޅޭ މައްސަލަތަކުގައި މިދިޔަ މަހު 82 މީހަކު ޖޫރިމަނާ ކުރި ، 4 ލައްކަ ރުފިޔާއަށް އަރާ!




