logoEN
Sto top
ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ބޭއްވި ވޯކް އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް!

ޓެކްސީ ލައިނަށް ޑްރައިވަރުން ހޯދަން ބޭއްވި ވޯކް އިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް!

އަހުމަދު ޝުރާއު

logo

1/17/2026, 4:51:27 PM

# ޓެކްސީ ލައިން

-

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ރާއްޖޭގައި ގާއިމްކުރާ ސަރުކާރުގެ ފުރަތަމަ ޓެކްސީލައިންގެ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނެގުމަށް މިއަދު ބޭއްވި ވޯކް-އިން-އިންޓަރވިއުއަށް ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

Wamco

އެމްޓީސީސީން މިއަދު ހެނދުނުން ފެށީގެން އިއުއޮއްސުމާއި ހަމައަށް މާފަންނު ބަސް ޓާމިނަލުގައި މި ވޯކް އިން އިންޓަވިއުތައް ވަނީ ކުރިޔަށް ގެންގޮސްފައި އެވެ.

އެކުންފުނީން ބުނީ މިއަދުގެ ވޯކް އިންޓަވިއުތަކަށް ޖުމުލަ 269 މީހުން ހާޒިރުވެފައިވާ ކަމަށެވެ. އެގޮތުން މިއީ ޓެކްސީ ލައިންގެ ހިދުމަތަށް ޑްރައިވަރުންގެ އޮތް ތަރުހީބު ހާމަވެގެންދާ ކަމެއްގެ ގޮތުގައި އެކުންފުނީން ވަނީ ސިފަކޮށްފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ބެލުމުގެ ދަށުން ޓެކްސީލައިންގެ ޚިދުމަތް ކުރިޔަށް ގެންދިޔުމަށް ޙަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ.

ޓެކްސީލައިންގެ ޚިދުމަތުގައި ޕާޓްޓައިމްކޮށް އަދި ފުލްޓައިމްކޮށް މަސައްކަތް ކުރާނެ ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ އިއުލާން އިޢުލާންކޮށްފައެވެ. ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވެއެވެ. އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

އެމްޓީސީސީން މައުލޫމާތު ދޭގޮތުގައި މާލޭ ޓެކްސީ ޚިދުމަތަށް ބޭނުންވާ ޑްރައިވަރުން ނަގާއިރު، މިވަގުތު ޓްރާންސްޕޯޓް މިނިސްޓްރީގައި އެކުލަވާލާފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC