
-
މަސްތުވާތަކެތީގެ މައްސަލައެއްގައި ށ. މިލަންދޫއިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ށ. މިލަންދޫ / ވެނީލާހައުސް ، އަޙްމަދު ޢާލިމް (33އ) އެވެ. މީނާ ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެތަކެތީގެ ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިލަންދޫ ޕޮލިހުން މި މަހު 13 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައެވެ.
މި އޮޕަރޭޝަނުގައި މިލަންދޫ މަގުމަތިން އޭނާ ހުއްޓުވަން އުޅުމުން ފިލަން މަސައްކަތްކޮށްފައިވެއެވެ. އެހެންކަމުން އޭނާ ހައްޔަރުކޮށް ބަލައިފާސްކޮށް އަދި ކުޑަކަމުދާތަކެތި ޓެސްޓު ކުރިއިރު މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އަޙްމަދު ޢާލިމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި

އިންޓަނެޓް ސްކޭމްތަކާ ދެކޮޅަށް ސިންގަޕޫރު ފުލުހުންގެ ތަޖުރިބާ ހޯދުމަށް ޚާއްސަ ބައްދަލުވުމެއް!
.jpg&w=3840&q=75)
ދިވެހި ފުލުހުންގެ ޚިދުމަތުގެ އައު ތަރުޖަމާނަކަށް ސުޕްރިންޓެންޑެންޓް ޢާރިފް!

ޑްރަގް ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހޯދަނީ




