
އީފާސްގެ އައު ވާޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ: ސްޓޭޓް ކިނާނަތު
# އީފާސް# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާފޮޓޯ: ޕީއެސްއެމް
އީފާސްގެ ވަރަށް ބޮޑު އަޕްގްރޭޑަކާއެކު އީފާސްގެ އައު ވާޝަންއެއް މިއަހަރުގެ މެދުތެރޭގައި ނެރެވިގެންދާނެ ކަަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ އީފާސްގެ އައު ވާރޝަންގެ މަސައްކަތްތައް ނިމި މި އަހަރުގެ މެދެއްހާ ހިސާބުގައި އީފާސްގެ ދެވަނަ ވާޝަން ނެރެވިގެންދާނެ ކަމަށެވެ.
ސްޓޭޓް ވިދާޅުވީ މި އައު ބަދަލާއެކު އީފާސް ބޭނުންކުރާ މީހުންގެ އަދަދު ވަރަށް ބޮޑު ތަނުން އިތުރުވެގެންދާނެ ކަމަށެވެ.
އަދި މިއަހަރުގެ މެދުތެރޭގައި ނެރޭ ވާޝަން 2ގެ އިތުރުން، ކުރިއަށް އޮތް ތަނުގައިވެސް ތަފާތު ފީޗަރސްތަކާއެކު އިތުރު ވާޝަންތައް ނެރެމުންދާނެ ކަމަށް ސްޓޭޓް މިިނިސްޓަރ ކިނާނަތު ވިދާޅުވިއެވެ.
އީފާސްގެ ބޭނުންކުރަމުން އަންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަން ފާހަގަކުރައްވާ ސްޓޭޓް ވިދާޅުވީ އީފާސްއަކީ 2012 ވަނަ އަހަރުން ފެށިގެން ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީން ތަރައްގީކޮށް ބަލަހައްޓަމުން އަންނަ ނިޒާމެއް ކަމަށެވެ.
މިވީ މުއްދަތުގެ ތެރޭގައި އީފާސްގެ އައު ވަރޝަންއެއް ތަޢާރަފްވެފައިނުވާ ކަމަށް ސްޓޭޓް ވިދާޅުވިއެވެ.
ޑިޖިޓަލައިޒޭޝަން އަދި ޓެކްނޮލޮޖީ ކުރިއެރުމަށްޓަކައި ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް ވަނީ ރައީސް ޑރ. މުޢިއްޒުގެ އެންމެ މުހިންމު އެއް ވިޝަން ކަމަށްވާ މޯލްޑިވްސް 2.0އާ ގުޅޭގޮތުން ޤާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތްތައް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ.
ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސްޓޭޓް ވިދާޅުވީ ނޭޝަނަލް ސޮވްރިންގ ކްލައުޑުގެ ކޮންސެޕްޓުގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މީގެ އިތުރުން މޯލްޑިވްސް ޑާޓާ އެކްސްޖޭންގް ކުރުމަށް ވަކި ޚާއްސަ ޕްލެޓްފޯމެއް އެކުލަވާލުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ސްޓޭޓްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.
ގުޅުންހުރި

ބޮޑީ ސްކޭނަރުގެ ސަބަބުން ޖަލުން އަންނަ ސްކޭމް ކޯލްތައް މަދުވެގެންދާނެކަމުގެ ޔަގީންކަން އެބައޮތް: އިހްސާން

ފާއިތުވި ދޮޅު މަހެއްހާ ދުވަހުގެ ތެރޭގައި 83،450 ގްރާމުގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ:އިހްސާން

މިއަހަރުގެ ތެރޭގައި ކޮންޓެއިނަރ ސްކޭނަރެއް ގެނެސް އޮޕަރޭޝަނަށް ގެނެވޭނެ - އިޙްސާން

.gif&w=3840&q=75)



