
ޑިޖިޓަލް ޒަމާނެއްގައި ބެލެނިވެރިކަމާ ގުޅޭގޮތުން މައުލޫމާތުދޭން ބެލެނިވެރިންގެ ސައްލާ އަންނަ އަންގާރަ ދުވަހު1
# ބެލެނެވެރިން-
"ބެލެނިވެރިންގެ ސައްލާ"ގެ ނަމުގައި ހާއްސަ ސެޝަނެއްމި މަހު 20 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި ސެޝަންގައި ޑިޖިޓަލް ޒަމާނެއްގައި ބެލެނިވެރިކަމާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތު ދޭނެއެވެ.
މި ސެޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ 20:00 އިން 22:00 އަށް ޔޫތު ހަބުގައެވެ.
"ބެލެނިވެރިންގެ ސައްލާ"އަކީ ބެލެނިވެރިންނަށް މުހިންމު ތަފާތު މައުޟޫއުތަކާ ބެހޭގޮތުން މަޝްވަރާކުރުމުގެ މަގްސަދުގައި ބާއްވާ ސެޝަންތަކެކެވެ.
ޔޫތު މިނިސްޓްރީން ބުނީ މިސެޝަންގައި ބައިވެރިވުމަށް ނަމާއި ފޯނު ނަމްބަރު 7925704 އަށް މެސެޖު މެދުވެރިކޮށް ފޮނުވާލުމުން ނަން ނޯޓުކުރެވޭނެ ކަމަށެވެ.





