
-
ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި، ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެމީހުން ހައްޔަރުކޮށްފިއެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މަހު 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކޯޓު އަމުރެއްގެ ދަށުން މާލޭ މައްޗަންގޮޅި ގެއެއް ބަލައި ފާސްކޮށްފައެވެ.
މި މައްސަލަގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މއ. ނިއުޔޯކްހައުސް / މާލެ، މުޙައްމަދު ޖިނާހް އިބްރާހީމް (26އ) ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ. އަނެއް މީހާ، ޝަރުތުކުރުމަށްފަހު ކޯޓުން ވަނީ ދޫކޮށްލާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި
.png&w=3840&q=75)
މަސްތުވާތަކެތީގެ މައްސަލައެއްގައި މާލެއިން މީހަކު ހައްޔަރުކޮށްފި

ފޮއްދޫގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތަކަށް ޕްރޮގްރާމެއް ފަށައިފި

ބަންކު ބެޑެއް ވިއްކާނެ ކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާހޯދި ބިދޭސީއަކު ހައްޔަރަށް!





