
ގއ އަތޮޅުގެ ބޮޑު ޑްރަގް އޮަޕަރޭޝަން: ހައްޔަރު މީހުންގެ ވަނަވަރު އާންމުކޮށްފި، ތިން މީހަކު ޝަރީއަތް ނިމެންދެން ބަންދަށް!
# ދިވެހި ފުލުހުންގެ ޙިދުމަތް-
މަސްތުވާތަކެެއްޗާއި ދެކޮޅަށް ގއ އަތޮޅުގައި މިއަދު ފުލުހުން ކުރިޔަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި ހައްޔަރުކުރި މީހުންގެ ވަނަވަރު ފުލުހުން އާންމުކޮށްފި އެވެ.

ފުލުހުންގެ އިދާރާއިން މިއަދު ހެނދުނު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑަރ ކުރާ ނެޓްވޯރކްތައް ހުއްޓުވައި ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުން ފަށާފައިވާ "އޮޕަރޭޝަން އަލިމަގު" ގެ ދަށުން ހާއްސަ މަސައްކަތްތަކެއް މިއަދު ހެނދުނުން ފެށިގެން ހދ އަތޮޅާއި މާލެ ސަރަހައްދުގައި ކުރިޔަށްދާ ކަމަށެވެ. އެގޮތުން މިއަދު ކުރިޔަށްގެންދާ މި އޮޕަރޭޝަނަކީ ގއ އަތޮޅުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށާއި މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވޭ ފަރާތްތަކާއި ގުޅުންހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިޔަށްދާނެ ކަމަށް ބަޔާނުގައި ވަނީ ބުނެފައި އެވެ.
ފުލުހުންގެ މި ޚާއްސަ އޮޕަރޭޝަން ކުރިޔަށްގެންދަނީ ސައުތު ޕޮލިސްގެ ޚާއްސަ ޓީމުތަކާއި އިންޓެލިޖެންސްއާއި ޑްރަގް އެންފޯރސްމަންޓު ވިންގު ގުޅިގެންނެވެ.
މި އޮޕަރޭޝަންގައި ފުލުހުން މިއަދު ވަނީ ގއ ވިލިނގިލިން 4 މީހަކު ހައްޔަރުކޮށްފައެވެ. އެގޮތުން މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ.
އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މީހުންގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.
ގުޅުންހުރި
.jpg&w=3840&q=75)
ބަންދުގައި ހުރި ބިދޭސީއަކަށް ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު ކަމުގެ އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނުވޭ - ފުލުހުން

ފުލުހުންގެ އުމުރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމަށް އެއްބަސްވުންތަކެއްގައި ސޮއިކޮށްފި

ވައިގެ މަގުން ރާއްޖެއަށް ހަ ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ތިން މީހަކު ހައްޔަރަށް!

.gif&w=3840&q=75)



