logoEN
Sto top
ކުޅުދުއްފުށި ސިޓީ ފިހާރަތަކަށް ފުލުހުން ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފި

ކުޅުދުއްފުށި ސިޓީ ފިހާރަތަކަށް ފުލުހުން ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ހިންގައިފި

އަހުމަދު ޝުރާއު

logo

1/11/2026, 6:55:26 PM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

ކުޅުދުއްފުށި ސިޓީގައި ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން، އެ ސިޓީގެ ފުލުހުން އިސްނަގައިގެން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

Wamco

ޖަނަވަރީ 9 ވަނަ ދުވަހު ހިންގި މި ހަރަކާތަކީ، ވިޔަފާރިކުރާ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ. ޕްރޮގްރާމުގެ ދަށުން ކުޅުދުއްފުށީގެ ބައެއް ފިހާރަތަކަށް ފުލުހުން ޒިޔާރަތްކޮށް، އެ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ވެރިންނަށް މުހިންމު މައުލޫމާތުތަކެއް ވަނީ ހިއްސާކޮށްފައެވެ. މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ފިހާރަތަކުން ވައްކަންކުރުމާއި، އެ ނޫންވެސް ޖިނާއީ ކުށްތަކުން ސަލާމަތްވުމަށް އެޅިދާނެ ފިޔަވަޅުތަކަށް ވިޔަފާރިވެރިން އަހުލުވެރިކުރުވުމެވެ.

މިގޮތުން، ފިހާރަތަކުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާތައް ހުރީ ރަނގަޅަށް މަސައްކަތްކުރާ ހާލަތެއްގައިތޯ ދެނެގަތުމަށާއި، ފައިސާ ގެންގުޅުމުގައި ސަމާލުކަންދިނުމަށާ އަދި ހާއްސަގޮތެއްގައި ރޭގަނޑު ފިހާރަ ބަންދުކޮށްފައި ދާއިރު ފިހާރަތެރޭގައި ފައިސާ ނުބެހެއްޓުމަށް ނަސޭހަތްތެރިވެފައިވެއެވެ.

މީގެ އިތުރުން، ފިހާރަ ބަންދުކުރުމަށްފަހު ދާއިރު،ފިހާރަތެރޭގައި އަލިކަން ބެހެއްޓުމަށް ސަމާލުކަން ދިނުމަށް ވެސް އިރުޝާދުދީފައިވެއެވެ. މިއީ ފިހާރައިގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ކުށްކުރާ ފަރާތްތަކަށް އޮންނަ ފުރުސަތުތައް ހަނިކުރުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ސަލާމަތީ މަސައްކަތްތަކުގެ ބައެކެވެ.

ކުޅުދުއްފުށި ސިޓީ ފުލުހުން އަންނަނީ މިފަދަ އެކި ހަރަކާތްތައް މެދުވެރިކޮށް ރަށުގެ އަމަންއަމާންކަން ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC