logoEN
Sto top
އޭދަފުށީގެ ސޯލާ މަޝްރޫޢުގައި ދަބަރު ނުޖަހާ ޚާއްޞަ ސްޓީލް ސްޓްރަކްޗަރތަކެއް ބޭނުންކުރަން ފަށައިފި

އޭދަފުށީގެ ސޯލާ މަޝްރޫޢުގައި ދަބަރު ނުޖަހާ ޚާއްޞަ ސްޓީލް ސްޓްރަކްޗަރތަކެއް ބޭނުންކުރަން ފަށައިފި

އަހުމަދު ޝުރާއު

logo

1/10/2026, 2:02:23 AM

# ބ އޭދަފުށި

-

ބ. އޭދަފުށީގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢުގެ ދަށުން، ސޯލާ ޕެނަލްތައް ހަރުކުރުމަށްޓަކައި ރާއްޖޭގެ މާޙައުލާ ގުޅޭގޮތުން ފަރުމާކޮށްފައިވާ ދަބަރު ނުޖަހާ ޚާއްޞަ ސްޓެއިންލެސް ސްޓީލް ސަޕޯޓް ސްޓްރަކްޗަރތަކެއް ބޭނުންކުރަން ފަށައިފިއެވެ.

Wamco

މި މަޝްރޫޢުގެ ދަށުން އޭދަފުށީގައި ބޭނުންކުރާ ސްޓީލް އޮނިގަނޑުތަކަކީ ރާއްޖެ ފަދަ ލޮނުގެ އަސަރުގަދަ ވައިގެ ތެރޭގައި ދަބަރު ޖެހުމުން ރައްކާތެރިކުރުމަށްޓަކައި "ގަލްވަނައިޒް" ކޮށް، އިތުރު ކޯޓިންގްތަކެއް ލެވިފައިވާ ވަރުގަދަ ތަކެއްޗެވެ. މިއީ މިފަދަ ނިޒާމުތައް ރާއްޖޭގެ މާޙައުލުގައި ގިނަ ދުވަހަށް ދެމެހެއްޓުމަށާއި، މަރާމާތަށް ހިނގާ ޚަރަދު ކުޑަކުރުމަށްޓަކައި އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.

އޭދަފުށީގައި ޤާއިމުކުރާ މި ސޯލާ ނިޒާމަކީ މަދުވެގެން 20 އަހަރުގެ މުއްދަތަކަށް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ފަރުމާކޮށްފައިވާ ނިޒާމެކެވެ. އަދި "ޕަވަރ ޕާޗޭސް އެގްރީމަންޓް" (ޕީ.ޕީ.އޭ) ގެ ދަށުން ކުރިއަށް އޮތް 15 އަހަރު ދުވަހުގެ ތެރޭގައި މި ނިޒާމުން އުފައްދާ ހަކަތަ ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާއްޖޭގެ ރަށްތަކުގައި އިޢާދަކުރަނިވި ހަކަތަ އިތުރުކުރުމަށް ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރެއިން، މި މަޝްރޫޢަކީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަރަންޓު އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

މިފަދަ ޒަމާނީ ވަސީލަތްތަކުގެ ސަބަބުން، ގިނަ ދުވަސްތަކެއް ވަންދެން މެދުނުކެނޑި މި ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC