
މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ރުބެން އަމޯރިމް ވަކިކޮށްފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުން ރުބެން އަމޯރިމް ވަކިކޮށް މި ހަފްތާ ފަހުކޮޅު ބާންލީއާ ދެކޮޅަށް ކުޅޭ މެޗަށް އެ ޓީމުގެ ކޯޗުކަމާ ހަވާލުވާނީ ޑެރެން ފްލެޗާ އެވެ.ޔުނައިޓަޑުން ނެރުނު ރަސްމީ ބަޔާނުގައި ބުނީ އެޓީމުގެ ކޯޗުކަމުގައި ރުބެން އަމޯރިމް އަދާކުރަމުންދިޔަ މަގާމުން އޭނާ ދުރުކޮށްފައިވާ ކަމަށެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ހަ ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑްގެ ކުރިމަގާއި ގުޅޭގޮތުން އެ ކްލަބުގެ މެނޭޖްމަންޓުން ނިންމީ މިއީ އެ ޓީމަށް މި ބަދަލު ގެނެސް ލީގު ކާމިޔާބުކުރުމަށް ފިޔަވަޅު އަޅަން ޖެހޭ އެންމެ ބޭނުންތެރި ވަގުތު ކަމުގައި ކަމަށް ބަޔާނުގައި ބުނެފައި އެވެ.
އެ ކްލަބުން ވަނީ ރުބެން އަށް ޝުކުރު އަދާކޮށް ކުރިއަށް އޮތް ތަނުގައި ވެސް އޭނާ އަށް ކާމިޔާބީ އަށް އެދިފަ އެވެ.
2024 ވަނަ އަހަރުގެ ނޮވެމްބަރ މަހު އެ މަގާމަށް އައްޔަން ކުރި ރޫބެން ވަނީ އެ ޓީމަށް ޔޫއެފާ ޔޫރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދީފަ އެވެ.
މި ކުއްލި ބަދަލާއިއެކު އަންނަ ބުދަ ދުވަހު ބާންލީއާ ދެކޮޅަށް ކުޅޭ މެޗުގައި އެ ޓީމުގެ ލީޑް ކުރާނީ ޑެރެން ފްލެޗާ އެވެ. އޭނާއަކީ އެޓީމުގެ ކުރީގެ ކުޅުންތެރިއެކެވެ.
ގުޅުންހުރި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުން ރުބެން އަމޯރިމް ވަކިކޮށްފި

ލީގުގައި ޖެހިޖެހިގެން 11 މެޗުން ބަލިވުމަށްފަހު ވުލްވްސް އިން ފުރަތަމަ ޕޮއިންޓް ހޯދައިފި

ނިއުކާސަލް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ފަސްވަނައަށް





