logoEN
Sto top
ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް!

ދޮންފަނުގައި ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފެށިގެން ކުރިޔަށް!

އަހުމަދު ޝުރާއު

logo

1/2/2026, 2:07:15 PM

# ބ. ދޮންފަނު

-

ބ. ދޮންފަނުގައި ތިމާވެއްޓާ ރައްޓެހި ހަކަތަ އުފެއްދުމަށްޓަކައި، ސޯލާ-ޑީސަލް ހައިބްރިޑް ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިގެންކުރިޔަށްދާކަން މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްއިން ހާމަކޮށްފި އެވެ.

Wamco

މި މަޝްރޫއުއާއި ގުޅޭގޮތުން މިނިސްޓްރީން ބުނީ ދޮންފަނުގައި 301 ކިލޯވޮޓް ޕީކް ގެ ސޯލާ ފޮޓޯވޮލްޓައިކް ނިޒާމަކާއި، 537.6 ކިލޯވޮޓް އަވާ ގެ ބެޓެރީ އެނާޖީ ސްޓޯރޭޖް ސިސްޓަމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފެށިގެން މިހާރު ކުރިޔަށްދާކަމަށާއި މިއީ އެ ރަށުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޑީސަލްގެ މިންވަރު މަދުކޮށް، އިއާދަކުރަނިވި ހަކަތައަށް ބަދަލުވުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ.

މި ނިޒާމު ރަސްމީކޮށް ބޭނުންކުރަން ފެށުމުން، އެ ރަށުގައި ކަރަންޓު އުފެއްދުމަށް އަހަރަކު ބޭނުންކުރާ ޑީސަލްގެ ތެރެއިން 141,443 ލިޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަން ހާމަކޮށް މިނިސްޓްރީން ބުނީ މި ނިޒާމާއިއެކު ޖައްވަށް ބޭރުކުރާ ކާބަން ޑައިއޮކްސައިޑް ގެ މިންވަރުން އަހަރަކު 347 ޓަނު މަދުވެގެންދާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

މި މަޝްރޫއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަކަތައިގެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ރައީސް މުއިއްޒުގެ އަމާޒަކީ 2028 ވަނަ އަހަރު އަންނަންވާއިރަށް، ރާއްޖޭގެ ކަރަންޓުގެ ބޭނުންތަކުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމެވެ.

މިފަދަ މަޝްރޫއުތަކުގެ ސަބަބުން ތެލަށް ކުރާ ހޭދަ ކުޑަވެ، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC