
-
ދިޔަވަމުން ދިޔަ މުދާ އުފުލާ ބޯޓަކަށް، ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ފުވައްމުލަކު ސިޓީ އުތުރުން 4 މޭލު ބޭރުން ދަތުރުކުރަމުން ދަނިކޮށް ބޯޓެއް ދިޔަވާން ފެށުމުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
އެގޮތުން "ހަވާސާ" ނަމަކަށް ކިޔާ މި ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު ސިފައިންނަށް ލިބުނީ މިއަދު 12:23 ހާއިރު އެވެ. އެއާއިއެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ސިފައިންނާއި، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންގެ އިތުރުން އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ޕޯސްޓުގެ ސިފައިން ވަނީ ޕަންޕާ އެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދީފައެވެ.
އެގޮތުން އެ ބޯޓު ފުވައްމުލަކު ސިޓީ ބަނދަރަށް ވަނުމުން މިއަދު 13:10 ހާއިރު ދިޔަ ހިއްކުމުގެ މަސައްކަތް ކޮށްފައިވެއެވެ. އަދި، ބޯޓުގައި ބޮޑުވި ދިޔަގަނޑު އެއްކޮށް ހިއްކައި ނިމުނީ މިއަދު 14:10 ހާއިރުއެވެ.
މި ބޯޓަށް އެހީތެރިވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ވެސް ވަނީ ހަރަކާތްތެރިވެފައެވެ.
ގުޅުންހުރި

ހަވާސާ ބޯޓު ދިޔަވާން ފެށުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

"އެކްސަސައިޒް އެކަތަ - 8" ކާމިޔާބުކަމާ އެކު ނިންމާލައިފި

ރާއްޖެއާއި އިންޑިއާގެ އަސްކަރިއްޔާ ގުޅިގެން ކުރިޔަށްގެންްދާ "އެކްސަސައިޒް އެކުވެރިން" ޓްރިވެންޑްރަމްގައި ފަށައިފި





