
-
2026 ވަނަ އަހަރުގެ ފުރަތަމަ ފަސިންޖަރަށް ރާއްޖެއިން މަރުހަބާ ކިޔައިފިއެވެ.

މި އަހަރުގެ ފުރަތަމަ ފަސިންޖަރުގެ ލަގަބު ލިބިފައިވަނީ އެތިހާދު އެއާވޭސް އިން ރާއްޖެ އައި ޖަރުމަންގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރޫ ހެލްވެގާ, 54އ. އެވެ. އޭނާ ރާއްޖެ އައިސްފައިވަނީ އަންހެނުންނާއެކުއެވެ. މިއީ ތޯމަސް އާއި އޭނާގެ އަންހެނުން ރާއްޖެ އައި ފުރަތަމަ ފަހަރެވެ.
ތޯމަސް އަށް މަރުހަބާ ކިއުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އެރައިވަލް އޭރިއާގައި ވަނީ މިއަދު ހާއްސަ ހަފުލާއެއް ބާއްވައިފައެވެ. އެ ހަފުލާގައި ތޯމަސް އަށް އެމްއޭސީއެލްގެ ފަރާތުން މަރުހަބާ ވިދާޅުވީ ޕެސެންޖާ ސާވިސަސްގެ ޑެޕިއުޓީ ޗީފް އޮފިސަރު އަލީ މުސްތާގުއެވެ.
މި ހަފުލާގައި ތޯމަސް އަށް ވަނީ އެމްއޭސީއެލްގެ ފަރާތުން ހާއްސަ ހަދިޔާއެއް ދީފައެވެ.
އެމްއޭސީއެލްގެ އަބަދުވެސް އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކާއި އެއާޕޯޓްތަކުގެ ހިދުމަތް ހޯދާ ހުރިހާ ފަސިންޖަރުންނަށް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.
ގުޅުންހުރި

އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ޖަރުމަނު ދެމަފިރިން: ހޫނު މަރުހަބާއެއް!

ޓެސްޓު ފްލައިޓަށް ފަހު ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ހުއްދަދީފި

ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްއޭސީއެލް އިން ފުލުހުންނާއި އެމްނެޓްސް އާއެކު އެއްބަސްވުމެއް!





