
-
ށ. ފުނަދޫ އެއަރޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ކުރިން ބާއްވަންޖެހޭ ޓެސްޓް ފްލައިޓްބާއްވައިފިއެވެ.

މޯލްޑިވިއަންގެ ޓެސްޓް ފްލައިޓް ފުނަދޫއަށް ޖެއްސީ އިއްޔެ އިރުއޮއްސި 7:30 ގައެވެ. މި ފްލައިޓުގައި އެމްއޭސީއެލް އާއި މޯލްޑިވްސްސިވިލް އޭވިއޭޝަން އޮތޯރިޓީ އަދި އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑްގެ އޮފިޝަލުން ފުނަދޫއަށް ވަޑައިގެންނެވިއެވެ.
އިއްޔެގެ ޓެސްޓް ފްލައިޓަށްފަހު މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެހުއްދަ ދީފައެވެ.
ފުނަދޫ އެއާޕޯޓް ތަރައްގީ ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
އެ ވައުދުފުޅުގެ ތެރެއިން ފުނަދޫ އެއަރޕޯޓުގެ ހިދުމަތް ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށް, އަމަލީމަސައްކަތް ފެށީ ށ. އަތޮޅުގެ ރަށްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ދަތުރުފުޅުގެ ތެރެއިން ފުނަދޫގައި15 އޮކްޓޫބަރު 2025 ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މި އަހަރު ނިމުމުގެ ކުރިން ފުނަދޫ އެއަރޕޯޓުގައިލައިޓުތައް ޖަހައި ނިންމަވާނެ ކަމަށް ވިދާޅުވެފައެވެ.
2020 ވަނަ އަހަރު ހުޅުވި ފުނަދޫ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެއަރޕޯޓުގައި ޒަމާނީ ފެންވަރުގެ ލައުންޖެއްހެދުމާއި ރެސްޓޯރެންޓަކާއި ޓާމިނަލްގެ ފެންވަރު މަތިކުރުމާއި ބެގޭޖް ކޮންވެޔޯ ބެލްޓް ހަރުކުރުމުގެ އިތުރުން ރަންވޭގެ ދިގުމިންއިތުރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
ގުޅުންހުރި

އަހަރުގެ ފުރަތަމަ ފަތުރުވެރިއަކަށް ޖަރުމަނު ދެމަފިރިން: ހޫނު މަރުހަބާއެއް!

ޓެސްޓު ފްލައިޓަށް ފަހު ފުނަދޫ އެއާޕޯޓަށް ރޭގަނޑު ދަތުރުތައް ފެށުމުގެ ހުއްދަދީފި

ކުއްލި ހާލަތްތަކުގައި ގުޅިގެން މަސައްކަތް ކުރުމަށް އެމްއޭސީއެލް އިން ފުލުހުންނާއި އެމްނެޓްސް އާއެކު އެއްބަސްވުމެއް!





