logoEN
Sto top
ޤައުމީ ކުތުބުޚާނާ އަށް އެކިފަރާތްތަކުން އަހަރުގެ މިހާތަނަށް  3911 ފޮތް ހަދިޔާކޮށްފި

ޤައުމީ ކުތުބުޚާނާ އަށް އެކިފަރާތްތަކުން އަހަރުގެ މިހާތަނަށް 3911 ފޮތް ހަދިޔާކޮށްފި

އަހުމަދު ޝުރާއު

logo

12/25/2025, 4:47:14 PM

# ޤައުމީ ކުތުބުޚާނާ

-

ޤައުމީ ކުތުބުޚާނާ އަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުގެ ދަށުން ހަވާލު ކުރި ތަކެއްޗާއި އާންމު ފަރާތްތަކުން ހަވާލު ކުރި ތަކެއްޗާއެކު އަހަރުގެ މިހާތަނަށް ޖުމްލަ 3911 ފޮތް ލައިބްރަރީއަށް ހަދިޔާ ކޮށްފިއެވެ.

Wamco

ޔޫތު މިނިސްޓްރީން މިއަދު ބުނީ އެކި ފަރާތްތަކުން ކުތުބުހާނާއަށް އަހަރުގެ މިހާތަނަށް ފޮތްތަކުގެ އިތުރުން 494 ފްލޭޝް ކާޑްސްއާއި 283 ލީފްލެޓް އަދި 03 މެގަޒިން ހަދިޔާކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން 40 މުސައްނިފަކާއި 26 ޖަމާއަތަކުން ހަދިޔާ ކުރި ތަކެތީގެ ތެރޭގައި 85 ފޮތާއި 10 މެގަޒިންއާއި 02 ލީފްލެޓް އަދި 414 ނޫސް ވެސް ހިމެނޭކަމަށް މިނިސްޓްރީން ބުނެއެވެ.

މިގޮތުން އިއްޔެ ލައިބްރަރީގައި ބޭއްވި ހަފްލާއެއްގައި ލިޔުންތެރިޔާ މުޙައްމަދު ޖަމީލް ވަނީ، އޭނާ ލިޔުއްވި 'ބޮޑުތަކުރުފާނު: ސިރީސަވާދީއްތަ މަހާރަދުން' އަދި 'އަލިރަސްގެފާނު' ފޮތުގެ 2 ކޮޕީ ޤައުމީ ކުތުބުޚާނާއަށް ޖަމާ ކުރައްވައިފި އަދި ޕަބްލިކް ކަލެކްޝަނަށް 02 ކޮޕީ ހަދިޔާކުރައްވާފެއެވެ.

ޤައުމީ ކުތުބުޚާނާ އަކީ އެކި އުމުރުފުރާ އާ ގުޅޭ އަދި ތަފާތު ބާވަތްތަކުން 46،250 އަށް ވުރެ ގިނަ ފޮތް އެކުލެވިގެންވާ ތަނެކެވެ. އޭގެ ތެރޭގައި އިނގިރޭސި ބަހުން ހުރި ފޮތްތަކާއި ދިވެހި ބަހުން ހުރި ފޮތްތަކާއި، އަރަބި އަދި އެހެން ބަސްބަހުގެ ފޮތްތައް ވެސް ހިމެނެއެވެ.

އަދި ޖަރނަލް ތަކާއި މެގަޒިން އަދި ނޫސްތައް ވެސް ހިމެނެއެވެ. މީގެ އިތުރުން ލައިބްރަރީ އަކީ، ރާއްޖޭގެ ތާރީޚު ދައްކައިދޭ ގިން ލިޔުންތައްވެސް ހުރި ތަނެކެވެ. އެގޮތުން އެންމެ ޒަމާންވީ އެކައްޗަކީ އިސްދޫ ލޯމާފާނެވެ. އަދި އަލީ އެދުރު ތަކުރުފާނު އަތުން ލިޔުއްވާފައި ވާ 'ބޮޑު ތަރުތީބު' ވެސް ހިމެނެއެވެ.

1945 ގައި ވުޖޫދުވި ލައިބްރަރީ، ޒަމާނީކޮށް ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ލައިބްރަރީގެ ގޮފިތައް ޤާއިމު ކޮށް ކިޔުންތެރިކަން ފުޅާކުރުމުގެ މަސައްކަތް މި ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އެގޮތުން އާބާދީ ބޮޑެތި ސަރަހައްދުތަކުގައި ކޮމިއުނިޓީ ލައިބްރަރީ ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް އެބަދެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC