
-
ގިނަ އަދަދެއްގެ ފަތުރުވެރިން ތިބި ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ވ. އަތޮޅު ކުޑަ އަންބަރާ ދިމާ 3 މޭލު ބޭރުގައި އޮތް “ޔަސާވާ ޕްރިންސެސް “ ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާން ރޯވެފައިވާ ކަމަުގެ މައުލޫމާތު 2025 ޑިސެންބަރު 24 17:54 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
އެގޮތުން މި ހާދިސާގެ މައުލޫމާތު ލިބުމާއެކު ފުލުހުން ވަނީ އެސަރަހައްދަށް ގޮސް ސަފާރީގައި ތިބި މީހުންނާއި ފަޅުވެރިން ސަލާމަތްކޮށް ފެލިދޫއަށް ގެނެސްފައިވާ ކަމަށާއި ސަލާމަތް ކޮށްފައިވާ މީހުންގެ ތެރޭގައި ހިމެނެނީ 17 ފަތުރުވެރިންނާއި 8 ފަޅުވެރިން ކަމަށް މިޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ރޯވި އިރު ސަފާރީގައި ތިބި ފަތުރުވެރިންގެ ތެރޭގައި ހިމެނެނީ 5 ފިރިހެން އަދި 12 އަންހެނުން. ފަޅުވެރިންގެ ތެރޭގައި ހިމެނެނީ 3 ދިވެހިން އަދި 5 ބަންގްލަދޭޝް ފިރިހެނުންނާއި ޖަރުމަނު ރައްޔިތެކެވެ.
މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުން ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަދި މިކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ކުރަމުން ކަމަށެވެ.



.png&w=3840&q=75)



