logoEN
Sto top
ރިވެލި އޮޕަރޭޝަން މިރޭ ފަަށަނީ

ރިވެލި އޮޕަރޭޝަން މިރޭ ފަަށަނީ

އަހުމަދު ޝުރާއު

logo

12/24/2025, 9:26:37 AM

# ރިވެލި އޮޕަރޭޝަން

-

ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ހިންގާ ސިލްސިލާ އޮޕަރޭޝަން "ރިވެލި" މިއަދު ފަށަން ހަމަޖެހިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

Wamco

މާލޭ ސަރަޙައްދުގެ ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސިސްޓެންޓު ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް ވިދާޅުވީ، ޗުއްޓީ ދުވަސްވަރާ ދިމާކޮށް ފުލުހުން ސިލްސިލާކޮށް ކުރިއަށްގެންދާ "ރިވެލި" އޮޕަރޭޝަން މިރެއިން ފެށިގެން އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށެވެ.

މި އަހަރުގެ އޮޕަރޭޝަން މާލެ ސަރަހައްދުގެ އިތުރުން، ކައިރި ރަށްތަކާއި ރިސޯޓުތަކުގައިވެސް ކުރިއަށްދާނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަހަރީ ޗުއްޓީއާ ދިމާކޮށް ކޮންމެ އަހަރަކުވެސް ކުށްވެރިންގެ އަދަދާއި ކުށްތައް ގިނަވާކަމުގައި ޝަރީފް ފާހަގަކުރެއްވިއެވެ.

ގްރޭޓަރ މާލެ ސަރަހައްދުގެ އަމާންކަން ދެމެހެއްޓުމަށް ކުރިއަށްގެންދާ "ރިވެލި" އޮޕަރޭޝަންގެ މައިގަނޑު މަޤްޞަދަކީ ކުށް މަދުކުރުން ކަމުގައި އެސިސްޓެންޓު ކޮމިޝަނަރ ޝަރީފް ވިދާޅުވިއެވެ.

ޗުއްޓީ ދުވަސްވަރަކީ އެކި ކަންކަމަށް މާލެއިން މީހުން އެކި ތަންތަނަކަށް ދަތުރުކުރާ، އަދި މާލެއަށްވެސް ގިނަ ބަޔަކު ދަތުުރުކުރާ ދުވަސްވަރަކަށްވާތީ ފުރައިގެންދާއިރު، އަގުބޮޑު ތަކެތި ގޭގައި ނުބެހެއްޓުމާއި، ގޯތި ގެދޮރުގެ ރައްކާތެރިކަމަށް ފިޔަވަޅު އަޅާފައިވޭތޯ ޔަގީންކުރުމާއި ގެ ބެލެހެއްޓުމަށް އިތުބާރުކުރެވޭ މީހަކާ ހަވާލުކުރުމަށް ފުލުހުން އަންނަނީ އިލްތިމާސް ކުރަމުންނެވެ.

އަދި ޗުއްޓީގައި އުޅެނިކޮށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަމަލުކުރަންވީ ގޮތުގެ މަޢުލޫމާތާއި، ފުރުމުގެ ކުރިން އަމިއްލަ ސައިކަލު ފަދަ އުޅަނދުތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި މާލޭގައި ނަމަ ރޭގަނޑު އަލިކަން ހުންނަތަނެއް ނުވަތަ އާންމުކޮށް މީހުން ހަރަކާތްތެރިވާ މަގެއް ނުވަތަ ސީސީޓީވީ ކެމެރާ ހުންނަ ރައްކާތެރި ސަރަހައްދެއްގައި ޕާކުކޮށްފައި ބެހެއްޓުމަށްވެސް ފުލުހުން އެދެއެވެ.

ސައިކަލު ޕާކުކުރާއިރު ޝަޓަރލޮކް ކުރުމަށާއި ޕާކުކޮށްފައި ގިނަ ދުވަސްވަންދެން ބަހައްޓާނަމަ ނުވަތަ ރަށުން ބޭރަށް ފުރައިގެންދާނަމަ އިތުބާރުކުރެވޭ މީހަކާ އުޅަނދު ހަވާލުކުރުމަށާ އަދި ޑިސްކުލޮކް ބޭނުންކޮށްގެން ތަޅުލުމާއި، ވަށިގަނޑާއި މަޑިދަށަށް އަގުހުރި ތަކެތި ނުލުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

އަދި ޝައްކުކުރެވޭފަދަ ކަމެއް ފެނިއްޖެނަމަ، އެންމެ ކައިރީގައި ހުންނަ ޕޮލިސް ސްޓޭޝަނަށް ގުޅައި، ނުވަތަ ނެއިބަހުޑް ސަޕޯޓް އޮފިސަރަށް ގުޅައި، ނުވަތަ ޕޮލިސް އެޕް މެދުވެރިކޮށް ރިޕޯޓުކުރުމަށް ވެސް އިލްތިމާސްކުރެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC