
-
އާބާދީ ކިތަންމެ ކުޑަޔަސް ދިވެހިރާއްޖެއަކީ ކުޅިވަރަށް ލޯބި ކުރާ ބޮޑު މުޖުތަމައުއެއް އޮތް ގައުމެކެވެ. ކޮންމެ އާއިލާއެއްގައިވެސް ކޮންމެވެސް ކުޅިވަރެއް ނުކުޅޭ ދިވެއްސަކު މި ރާއްޖެއަކު ނުހުންނާނެއެވެ. މިއާއިއެކު ރާއްޖޭގެ ގިނަ ރަށްތަކުގެ ކުޅިވަރު އެކި އެކަޑަމީތައް ހިންގައެވެ. ވަކީން ޚާއްސަކޮށް ވެރިރަށް މާލެ ސިޓީގައި އެކަނިވެސް ސަތޭކައެއްހާ ކުޅިވަރު އެކަޑަމީތައް ހިންގައެވެ.

މި އެކަޑަމީތަކުގެ ކޮމިއުނިކޭޝަން ޗެނަލްތަކުގެ ގޮތުގައި ބޭނުންކުރަމުންދަނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުތަކެވެ. އަދި އެންމެ ގިނައިން ބޭނުންކުރާ އެއް ޕްލެޓްފޯމަކީ ވައިބާއެވެ. ނަމަވެސް މި ޕްލެޓްފޯމްތަކުގައިވެސް އެ އެކަޑަމީތަކުގެ އެޑްމިނިސްޓްރޭޓިވް ކަންކަމަށް ހުންނަނީ ވަކި ގްރޫޕުތަކެވެ. ޓްރެއިނަރުނަށާއި އިންސްޓްރަކްޓަރުންނަށާއި އެކި އުމުރުފުރާތަކަށް ވަކީން ޚާއްސަ ކޮށްފައިވާ ގްރޫޕުތަކެވެ. މިއީ އެކެޑަމީތަށް ހިންގާ ފަރާތްތަކަށްވެސް ބޮޑެތި އުނދަގޫތަކަކާއި ކުރިމަތިލާންޖެހިފައިވާ ބޮޑު ގޮންޖެހުމެކެވެ.
ނަމަވެސް ރާއްޖޭގެ ޓެކްދާއިރާގައި 30 އަހަރުގެ ތަޖުރިބާ ލިބިފައިވާ ސޮފްޓްވެއާ އިންޖިނިއަރު، ސައިމަން ޝަރީފްގެ އާއިލީ ކުންފުނި، އެލެވް8 ސްޓޫޑިއޯ އިން މިހާރު ވަނީ އެކަޑަމީތަކަށް ދިމާވެފައިވާ އެޑްމިނިސްޓްރޭޓިވް މި ބޮޑު ގޮންޖެހުމަށް ހައްލު ގެނެސްދޭން "އެކަޑަމީ ޕްރޯ" ގެ ނަމުގައި ޚާއްސަ އެޕލިކޭޝަނެއް ތައާރަފްކޮށްފައެވެ. އެލެވް8 ސްޓޫޑިއޯއިން ވިދާޅުވި ގޮތުގައި، އެކަޑަމީ ޕްރޯއަކީ މިއަހަރު ޖެނުއަރީ މަހު ތަރައްޤީ ކުރަންފަށައި ދާދި ފަހުން ބޭނުންކުރަން ފެށި އެކަޑަމީތަކަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ގެނެސްދޭނެ ފުރިހަމަ ސޮލިއުޝަނެކެވެ.
މި އެޕްލިކޭޝަނަކީ އެކަމަޑަކީތަކުގެ ސްކޮޑްތަކާއި ޓްރެއިނިން ސެޝަންތަކާއި ކޯޗުންނާއި ފީތައް ބެލެހެއްޓުމަށް ޚާއްސަކޮށްގެން އުފައްދާފައިވާ ފުރިހަމަ އެޕްލިކޭޝަނެކެވެ. އެލެވް8 ސްޓޫޑިއޯއިން މައުލޫމާތު ދޭގޮތުގައި މިއީ އެކަޑަމީތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް ދިނުމުގެ އިތުރުން އެއެކަޑަމީތަށް ފުރިހަމަ ޑިޖިޓަލް ނިޒާމެއްގެ ތެރެއިން ތަރުތީބުކޮށް ބަލަހައްޓަން އެހީވެދޭނެ އެޕްލިކޭޝަނެކެވެ.
މި އެޕްލިކޭޝަން މެދުވެރިކޮށް އެކަޑަމީތަކުގެ ކޯޗުންނާއި އިންސްޓަރަކްޓަރުންނަށް ގިނަ އެކަޑަމީތަކަކަށް އެއްފަހަރާ މަސައްކަތް ކުރެވޭނެ މަގުވެސް ވަނީ ފަހިކޮށްދީފައި އެވެ. އެޕްލިކޭޝަންގައި ހިމެނިފައިވާ ފީޗަރ ތަކުގެ ތެރޭގައި ބެލެނެވެރިންނާއި ކުޅުންތެރިންނަށްވެސް އެކަޑަމީތަކުގެ ކަންކަން ފަސޭހައިން ބަލާލެވުން ހިމެނެއެވެ. ފީތައް ދެއްކޭނެ ފަސޭހަ ގޮތްތައް ފަހިވެގެންގޮސް ޓްރެއިނިންގްތަކުގެ މައުލޫމާތު ފަސޭހަކަމާއިއެކު ނޯޓިފިކޭޝަންގެ ޒަރިއްޔާއިން ލިބޭނެ އެވެ.
މީގެ އިތުރުން މި އެޕްލިކޭޝަން މެދުވެރިކޮށް ކުޅުންތެރިންގެ ހުނަރު ތަރައްޤީވަމުންދާ މިންވަރުވެސް ބަލާލެވޭނެ ފީޗަރވެސް އަންނަ ޖެނުވަރީމަހު އާންމު ކުރަން ނިންމާފައިވާނެކަމަށް އެލެވ8 އިން ބުންޔެވެ. އަދި އެ ޑާޓާތަކުން ކުޅުންތެރިންގެ ހުނަރު ތަރައްޤީކުރުމަށް ކުރެވޭނެ ކަންކަންކަމުގެ ރިޕޯޓު ކޯޗުންނާއި އިންސްޓްރަކްޓަރުންނަށް އޭއައި ގެ ޒަރިއްޔާއިން ލިބިގެން ދާނެކަމަށް ބުނިއެވެ..
މި އެޕްލިކޭޝަނާއި އެންމެ ފުރަތަމަ ގުޅުނީ ރާއްޖޭގެ ކްރިކެޓް ބޯޑުންނެވެ. އެގޮތުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ތަމްރީންތައް މި އެޕްލިކޭޝަން މެދުވެރިކޮށް މުޅި ރާއްޖެއަށް ފުޅާކޮށްފި އެވެ.މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ރާއްޖޭގެ 4 ރަށެއްގައި އެބޯޑުގެ 25 ޓްރެއިނަރުންގެ އެހީގައި 320 ކުޅުންތެރިއަކު އަންނަނީ މިހާރުވެސް ތަމްރީންވަމުންނެވެ.
އެލެވް8 ސްޓޫޑިއޯސްގެ އަމާޒަކީ ރާއްޖެގެ އެކަޑަމީތަކަށް އަގުހެޔޮ ހިދުމަތެއް ފޯރުކޮށްދިނުމެވެ. ބޮޑު އާމްދަނީއެއް ހޯދުމުގެ ބަދަލުގައި މި އެޕްލިކޭޝަން މެދުވެރިކޮށް ރާއްޖޭގެ ކުޅިވަރު ކުރިއަރައި ގިނަ ކުޅުންތެރިންތަކެއް އުފެދިގެން ދިޔުމެވެ. އެ ކުންފުނީގެ ތަސައްވުރަކީ ރާއްޖެގެ ހުރިހާ ކުޅިވަރު އެކަޑަމީތަކުން އެ ޕްލެޓްފޯމް ބޭނުންކުރެވޭނެ ގޮތް ހެދުމެވެ. އަދި އެކަޑަމީތަކުގެ އެހީގައި މި ކުޑަކުޑަ ރާއްޖޭގެ ފުރަތަމަ ޑޭޓާ-ޑްރިވަން ސުޕާ އެތްލީޓުން އުފެއްދުމެވެ




