logoEN
Sto top
6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އެދިއްޖެ

6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އެދިއްޖެ

ހުސައިން އަހްމަދު

logo

12/23/2025, 11:15:14 AM

# ދިވެހި ޕާސްޕޯޓު# މޯލްޑިވްސް އިމިގްރޭޝަން

ފޮޓޯ: އިމިގްރޭޝަން

ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ.

Wamco

އިމިގްރޭޝަނުން މިކަމަށް އިލްތިމާސްކުރީ ސްކޫލް ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށް ދަތުރުކުރުމަށް ގިނަ އަދަދެއްގެ ފަރާތްތަކުން ޕާސްޕޯޓު ހެއްދުމަށް ހުށަހަޅަމުންދާކަން ފާހަގަކުރެވިގެންނެވެ.

އިމިގްރޭޝަނުން ވަނީ ދަތުރުގެ ތާރީޚާ ކައިރިވަންދެން މަޑުނުކޮށް، ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އިލްތިމާސްކޮށްފައެވެ.

އޮންލައިންކޮށް ޕާސްޕޯޓަށް އެދިimuga.immigration.gov.mv/passportއަށް ހުށަހެޅޭނެ ކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

ޕާސްޕޯޓުގައި 6 މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ، ވީހާވެސް އަވަހަށް ޕާސްޕޯޓު އައު ކުރުމަށް އިމިގްރޭޝަނުން އެދުނުއިރު އަންނަ މަހުން ފެށިގެން ޕާސްޕޯޓުގެ މުއްދަތު ހަމަވުމުގެ 6 މަސްކުރިން އެފަރާތެއްގެ ފޯނަށް އެކަން ހަނދާންކޮށްދިނުމަށް މެސެޖެއް ފޮނުވުމުގެ މަސައްކަތް އިމިގްރޭޝަނުން އަންނަނީ ކުރަމުންނެވެ. އަދި އެ މެސެޖާއެކު ޕާސްޕާޓު އައު ކުރުމަށް ބޭނުންވާ އެޕްލިކޭޝަން ލިންކުވެސް ފޮނުވޭނެއެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކަށް، އަންނަ މަހުން ފެށިގެން ޕާސްޕޯޓަށް ހުށަހަޅާތާ 24 ގަޑިއިރުތެރޭ ޕާސްޕޯޓު ލިބޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން، މާލެ ސަރަހައްދުުގައި 250،000އެއްހާ މީހުން ދިރިއުޅޭކަން ފާހަގަކުރައްވާ ފަސިޙް ވިދާޅުވެފައިވަނީ އިމިގްރޭޝަނުން މަސައްކަތްކުރައްވަނީ އަންނަ މަސްތެރޭ އެ މަސައްކަތްވެސް ފެށުމަށް ކަމަށެވެ.

ޕާސްޕޯޓު ހެދުމާއި، ޕާސްޕޯޓު ލިބުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC