logoEN
PNC TOP 3
ހުޅުމާލެ ފޭސް 3 އިން ދޫކުރި ގޯތިތަކުގެ ގުރުއަތުލުން މާދަމާ!

ހުޅުމާލެ ފޭސް 3 އިން ދޫކުރި ގޯތިތަކުގެ ގުރުއަތުލުން މާދަމާ!

އަހުމަދު ޝުރާއު

logo

12/19/2025, 9:10:20 AM

# ހުޅުމާލެ

-

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލުކޮށްފިއެވެ.

PNC MID 2

އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާއިން ރޭކުރި އިއުލާނެއްގައި ބުނީ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ފަށާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ގައި ކަލާފާނު ސްކޫލުގައި ކަމަށެވެ.

އެގޮތުން ގުރުއަތުލުން ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ހޯލަށްދާ މީހާގެ ހާޒިރުގައި އެ ވުޒާރާގެ މުވައްޒަފުން ކަމަށް އިއުލާނުގައި ވަނީ ބުނެފައި އެވެ.

އިއުލާނުގައި އިތުރަށް ބުނީ ގުރުއަތުލުން ކުރިއަށްދާއިރު، ގުރުއަތުލުން ކުރިއަށްދާ ހޯލަށް ވަދެވޭނީ ގޯތި ލިބޭ ފަރާތްތަކުގެ ތެރެއިން ކޮންމެވެސް އެއް ފަރާތަކަށް ކަމަށާއި ގުރުއަތުލުމަށް ދާ މީހާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންދިއުމަށްއެދޭކަމަށެވެ.

މި ގުރުއަތުލުން ޕީއެސްއެމްއިން ވަގުތުން ދުރަށް ދެއްކުމަށް ވަނީ ހަމަޖެހިފައި އެވެ. އަދި، ހުޅުމާލެ ތިންވަނަ ފިޔަވަހިން ގުރުއަތުލުމަށް ކަނޑައަޅާފައިވާ ބިންތަކުގެ ޗާޓު ހިޔާވެހި ޕޯޓަލްއިން ފެންނަން ހުންނާނެ ކަމަށްވެސް އިއުލާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 1351 ވަނީ ދޫކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC