logoEN
Sto top
އެންޖީއޯ ވޯކިންގ ސްޕޭސްގެ ބޭނުން  ޖަމިއްޔާތަކަށް ފީއަކާ ނުލާ ބޭނުން ކުރެވޭނެ: ވަޒީރު

އެންޖީއޯ ވޯކިންގ ސްޕޭސްގެ ބޭނުން ޖަމިއްޔާތަކަށް ފީއަކާ ނުލާ ބޭނުން ކުރެވޭނެ: ވަޒީރު

ހުސައިން އަހްމަދު

logo

12/18/2025, 5:29:24 AM

# ޒުވާނުން# ވަޒީރު އިބްރާހިމް ވަހީދު

ފޮޓޯ: ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާ

މަދަނީ ޖަމިއްޔާތަކުން އެކި ފޯރަމްތަކާއި ބައްދަލުވުންތައް ބޭއްވުމަށް ދިމާވާ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން، ޒުވާނުންގެ ވެހީގެ ވަކި މާލަންތަކެއް އެއްވެސް ފީއެއް ނެގުމަކާ ނުލާ، ހިލޭ ދޫކުރާނެ ކަމަށާއި މި ފުރުސަތުގެ ބޭނުން ޖަމިއްޔާތަކުން ހިފުމަށް އެދޭ ކަމަށް ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވެއްޖެއެވެ.

Wamco

މަދަނީ ޖަމިއްޔާތަކުގެ އަގު ވަޒަން ކުރުމަށް މި ވުޒާރާއިން ދޭ ސިވިލް ސޮސައިޓީ އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މަދަނީ ޖަމިއްޔާތަކުން މިނިސްޓްރީއަށް އެންމެ ގިނައިން ހުށަހަޅާ ޝަކުވާއަކީ، މަސައްކަތްތައް ކުރުމަށް އެކަށީގެންވާ ޖާގައިގެ ތަނެއް ލިބުމަށް ދިމާވާ ދަތިތަކާއި ގުޅޭ ކަންބޮޑުވުންތައް ކަމަށެވެ.

އެގޮތުން މިކަމަށް ހައްލެއް ހޯދައިދިނުމަށް ޒުވާނުން ވެހީގައި، މަދަނީ ޖަމިއްޔާތަކަށް ހާއްސަ ކުރެވިފައިވާ ދެކޮޓަރިއެއް ހުންނާނެކަމާއި، މީގެ އިތުރުން ތަމްރީނު ކްލާސްތައް ހިންގުމަށްޓަކައި ޒުވާނުންގެ ވެހީގައި ފުރަތަމަ ފްލޯގައި ތަމްރީނު ހޯލެއްވެސް ހާއްސަ ކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ޖާގަ ކަނޑައަޅާފައި ވަނީ ޔޫތު ހަބް އިމާރާތުގެ ފުރަތަމަ ފަންގިފިލާގައިކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މިތަނަށް ދީފައިވާ ނަމަކީވެސް ”އެންޖީއޯ ވޯކިންގ ސްޕޭސް“ ކަމަށެވެ. މަދަނީ ޖަމިއްޔާތަކަށް ބައްދަލުވުންތަކާއި، މަސައްކަތްކުރުމަށް ޖާގައެއް ނެތުމުން ދަތިތައް ދިމާވާއިރު، އެކަމާއި ގުޅޭގޮތުން މިނިސްޓަރ ވިދާޅުވީ، މި ޖާގަ މެދުވެރިކޮށް މިކަމަށް ޙައްލެއް ލިބިގެންދާނެ ކަމަށެވެ.

އަދި މަދަނީ ޖަމިއްޔާތަކުން މި ޖާގަ ބޭނުން ނުކުރާ ވަގުތުތަކުގައި، އެހެން ފަރާތްތަކުން ބޭނުންކުރާނަމަ އަގެއް ނެގި ނަމަވެސް، މަދަނީ ޖަމިއްޔާތަކުން ބޭނުންކުރުމުގައި އެއްވެސް އަގެއް ނުނަގާނެކަމަށް ވިދާޅުވިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC