
ރަސްމާދޫގައި ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ޤާއިމުކުރަނީ
# މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ-
ރ. ރަސްމާދޫގައި 300 ކިލޯވޮޓްޕީގެ ސޯލާ ފޮޓޯވޮލްޓައިކް (ޕީވީ) ކެޕޭސިޓީއާއި، 537 ކިލޯވޮޓް އަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް (ބެސް) އެކުލެވޭ ބޮޑު ސޯލާ-ޑީސަލް-ބެޓެރީ ހައިބްރިޑް ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ތިމާވެއްޓާއިބެހޭ ވުޒާރާއިން ހާމަކޮށްފި އެވެ.

އެވުޒާރާއިން މިއަދު ބުނީ މި މަޝްރޫޢުގެ ސަބަބުން ރަސްމާދޫގައި ޑީސަލަށް ބަރޯސާވާ މިންވަރު ބޮޑުތަނުން ކުޑަވެ، ތިމާވެއްޓަށް ފައިދާ ގިނަގުނަ ބަދަލުތަކެއް އަންނާނެ ކަމަށް ވަނީ ބެލެވޭ ކަމަށެވެ.
މި ނިޒާމް އަމަލީގޮތުން ގާއިމްކުރަން ފެށުމުން، އަހަރަކު 140,927 ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް އަންދާޒާ ކުރެވެއެވެ. މީގެ އިތުރުން، ކޮންމެ އަހަރަކު 345 ޓަނުގެ ކާބަން ޑައިއޮކްސައިޑް (CO₂) ބޭރުކުރާ މިންވަރު ކުޑަކުރެވި، ރަސްމާދޫގެ ތިމާވެށި ރައްކާތެރިކުރުމަށް މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި މަޝްރޫޢަކީ، 2028 ވަނަ އަހަރުގެ ނިޔަލަށް ގައުމުގެ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ސަރުކާރުން މިހާރުވެސް ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ ހަކަތައިގެ މަޝްރޫޢުތައް ހިންގަމުންނެވެ.
ގުޅުންހުރި

ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކާބެހޭ 2 ވަނަ ޤައުމީ ފޯރަމް ނިންމާލައިފި

"ނޭޝަނަލް ވޯޓަރ އެންޑް ސްވަރޭޖް ޕޮލިސީ" އިފްތިތާހުކޮށްފި

އީ-މޯބިލިޓީއާ ގުޅޭ ގައުމީ ފެންވަރުގެ މަސައްކަތު ބައްދަލުވުމެއް ފަށައިފި

.gif&w=3840&q=75)



