logoEN
Sto top
ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާނަމަ އެކަން މިހާރު ޕޯޓަލް މެދުވެރިކޮށް ރިޕޯޓުކުރެވޭނެ

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާނަމަ އެކަން މިހާރު ޕޯޓަލް މެދުވެރިކޮށް ރިޕޯޓުކުރެވޭނެ

ހުސައިން އަހްމަދު

logo

12/13/2025, 9:48:15 AM

# ރާއްޖޭގެ ޖަލުތައް# މޯލްޑިވްސް ކަރެކްޝަނަލް ސާވިސް# ސްކޭމް ކޯލް

ފޮޓޯ: ޕޮލިސް

ޖަލުތަކުގައި ތިބޭ ޤައިދީން ގުޅާކަމަށް ޝައްކުކުރެވޭނަމަ އެކަން ރިޕޯޓުކުރުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕޯޓަލް އެއް ގާއިމްކޮށްފިއެވެ.

Wamco

މިކަން ހާމަކޮށް ކަރެކްޝަނުން ބުނީ އެ ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުން އާންމު ފަރާތްތަކަށް ފޯނު ކޯލު ކުރަމުންދާ ކަމުގެ ޝަކުވާތައް ލިބެމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ކަރެކްޝަނަށް ރިޕޯޓުކުރުމުގެ ނިޒާމެއް ގާއިމްކޮށްފައިވާ ކަމަށެވެ.

އެ ނިޒާމުގެ ތެރެއިން ރިޕޯޓުކުރެވޭ މައްސަލަތައް ކަމާ ގުޅުންހުރި އިދާރާތަކަށް ފޮނުވާ އަދި އަޅަންޖެހޭ ފިޔަވަޅުތައް ކަރެކްޝަނުން އަޅާނެ ކަމުގެ ޔަގީންކަން އެ ސަރވިސް އިން ދެއެވެ.

އެހެންކަމުން އާންމު ފަރާތްތަކަށް ބިރުދެއްކުމުގެ ގޮތުން ފައިސާގެ މުޢާމަލާތްތަކާއި ގުޅިގެން ނުވަތަ އެހެނިހެން ކަމަކާ ގުޅޭގޮތުން ކުރާ ފޯން ކޯލަކީ ކަރެކްޝަންގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަރާތްތަކުން ކުރާ ފޯން ކޯލެއް ކަމަށް ޝައްކު ކުރެވޭނަމަ ޕޯޓަލް މެދުވެރިކޮށް ރިޕޯޓު ކުރުމަށް ކަރެކްޝަނުން ވަނީ އާންމުންގެ ކިބައިން އެދިފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC