
ރައީސް މުއިއްޒުގެ ސަރުކާރުން ތަރައްޤީކޮށް ހިދުމަތްދޭންފެށި ދެވަނަ ޕޮލިސް ސްޓޭޝަނަކަށް މާކުރަތު ޕޮލިސް ސްޓޭޝަން!
# ދިވެހި ފުލުހުންގެ ޙިދުމަތް-
ރ މާކުރަތު އަލަށް ޤާއިމުކުރި ފުލުހުންގެ މަރުކަޒު ރަސްމީކޮށް ހުޅުވައިފިއެވެ.

މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ މިއަދު ހަވީރު އެރަށުގައި އޮތް ޚާއްސަ ރަސްމިއްޔާތެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. އަދި އަރިހުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި މާކުރަތު ކައުންސިލްގެ މެމްބަރުންގެ އިތުރުން ފުލުހުންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. މިއަދު ހުޅުވުނު ޕޮލިސް ސްޓޭޝަނަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުން ބިންގާ އަޅައި މަސައްކަތް ނިންމި 2ވަނަ ޕޮލިސް ސްޓޭޝަނެވެ. މާކުރަތު ޕޮލިސް ސްޓޭޝަންގެ އަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖެނުއަރީ މަހު އެވެ.
ސަރުކާރުން މި މަޝްރޫއު ކުރިޔަށް ގެންދިޔައީ އެމްޓީސީސީއާއި ހަވާލުކޮށްގެންނެވެ.
ރާއްޖޭގެ ކޮންމެ ރަށަކީވެސް ކޮންމެވެސް ފެންވަރެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުވެފައިވާ ރަށްތަކެއްގެ ގޮތުގައި ހެދުމަށް ފުލުހުންގެ ޚިދުމަތުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ރަށްރަށުގައި ޕޮލިސް ސްޓޭޝަން ހެދުމާއި، ޕޮލިސް ޕޯސްޓް އަދި ޕޮލިސް ޑެސްކްތައް ޤާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކޮށް އަދި ފުލުހުންގެ ޚިދުމަތް މިހާތަނަށް ގާއިމުވެފައި ނުވާ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ގާއިމުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ސަރުކާރުން އަންނަނީ ކުރަމުންނެވެ.
ގުޅުންހުރި

ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ދިވެއްސަކު ހޯދަނީ

ޕޯސްޓްގެ ނަމުގައި، މެސެޖުތަކެއް ދައުރުވާތީ އެކަމަށް ސަމާލުވުމަށް އެދިއްޖެ

ރަށްރަށުގައި ގާއިމްކުރާ ފުލުހުންގެ މަރުކަޒުތަކުން ރައްޔިތުންނަށް ފަސޭހަތަކެއް ލިބިގެންދާނެ: ވަޒީރު





