
-
ށ. ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރުއެވެ.
މިމިސްކިތަކީ އަލްމަރުހޫމް ޙުސައިން ވަހީދު (ފޯކައިދޫ ވަހީދު) ގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.
މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ޝެއިޚް އަޙްމަދު ސަމީރުއެވެ. މިއަދުގެ ހުކުރު ނަމާދުގެ ޖަމާއަތުގައި އެރަށުގެ ކުދިބޮޑު ގިނަ ބަޔަކު ވަނީ ބައިވެރިވެފައި އެވެ.
މިއަދު ހުޅުވުނު މިސްކިތާއިއެކު މިހާރު ފޯކައިދޫގައި ޖުމުލަ 3 މިސްކިތް އެބަހުއްޓެވެ. އަދި މި ސަރުކާރުން ވަނީ އެރަށުގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްފައެވެ.
ގުޅުންހުރި

ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ރަސްމީކޮށް ހުޅުވައިފި

ފޯކައިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން އާރްޑީސީއާއި ހަވާލުކޮށްފި
ފޯކައިދޫ ރައްޔިތުންނާ ފަތުރުވެރިން ބޭނުންކުރުމަށް މޫދަށް އެރޭނެ ދެ ސަރަހައްދު ތަރައްޤީކޮށްދެއްވުމަށް އެދެފި





