logoEN
Sto top
މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި

މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭ އެޕްލިކޭޝަނެއް ތަޢާރަފްކޮށްފި

ހުސައިން އަހްމަދު

logo

12/8/2025, 11:13:36 AM

# ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާ# ދިވެހި ފުލުހުންގެ ޙިދުމަތް

ފޮޓޯ: ޕޮލިސް

ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ފުލުހުންގެ ހިދުމަތުގެ އެކި ބަހާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ދުވެލި ރަނގަޅުކޮށް، އެފިޝަންޓްކުރުމުގެ ގޮތުން ތައާރަފްކޮށްފައިވާ އައު ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް އިފްތިތާހުކޮށްފިއެވެ.

Wamco

ފުލުހުންގެ ޚިދުމަތުގެ އައު ޕްރޮޑަކްޓްތަކާއި ޚިދުމަތްތައް އިތްތިހާކޮށްފައިވަނީ މިއަދު ހެނދުނު އިސްކަންދަރު ބިލްޑިންގގައި ބޭއްވި "ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީ ކަނެކްޓް 2025" އިވެންޓްގައެވެ. މި އެވެންޓް ޝަރަފްވެރިކޮށްދެއްވާފައިވަނީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުއެވެ. މިރަސްމިއްޔާތުގައި ކޮމިޝަނަ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން ކޮމިޝަނަރ އޮފް ޕޮލިސް (ރިޓަޔަރޑް) މުޙައްމަދު ފަސީޙުއާއި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ޑިޖިޓަލް ޑޭޓާ އެންޑް ޓެކްނޮލޮޖީގެ އެކި ބަހާތަކުގެ ވެރިންނާއި މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

undefined

މި އިވެންޓްގައި ވަނީ އިތުރު ގިނަ ފީޗަރސްތަކާއެކު ޕޮލިސް އެޕްލިކޭޝަން އިފްތިތާހުކޮށްފައެވެ. އެޕްލިކޭޝަން އިފްތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ކިނާނަތުއެވެ. އަދި ސައިބަރ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ.

ޕޮލިސް އެޕްލިކޭޝަންގެ ފީޗަރސްތަކަށް ބަލާއިރު އެންމެ ހާއްސަ ފީޗަރއަކީ ޚިދުމަތަށް ހުށަހެޅޭ މައްސަލަތަކުގެ އަދާހަމަ ހޯދުމަށްޓަކައި މައްސަލަ ބަލާ ތަހުގީގު އޮފިސަރަށް ސީދާ މުއާމަލާތް ކުރެވޭނެ ނިޒާމެވެ. އެޕްލިކޭޝަން ހިމެނޭ އެހެން ފީޗަރސްތަކަކީ ސްކޭމް ޗެކްކުރެވުމާއި އެޕްލިކޭޝަން މެދުވެރިކޮށް ޕޮލިސް ސެޓްފިކެޓަށް އެދުމާއި މައްސަލަ ރިޕޯޓްކުރުމާއި އެވިޑެންސް ސަބްމިޝަން، އަވައްޓެރި ފުލުހުންނާ ގުޅޭނެ ނަންބަރުތަކާއި ޕޮލިސް ސެޓްފިކެޓް ވެރިފިކޭޝަން، ކޭސް އަޕްޑޭޓްސް، ލޮސްޓް އެންޑް ފައުންޑް ފަދަ ފީޗަރސްތަކެވެ.

undefined

މިއަދު އިފްތިތާހުކުރެވުނު ސައިބަރ ޕޯޓަލްއަކީ މުޖުތަމައުގައި ހިނގާ ސައިބަރ ކުށްތައް ދެނެގަނެ އެކަމުން މުޖުތަމައު ރައްކާތެރިކުރުމަށް ފުލުހުން ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޑިޖިޓަލް ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް ފުލުހުންނަށް ރިޕޯޓްކުރެވިފައިވާ ސްކޭމްއާ ގުޅޭގޮތުން ދައުރުވާ ލިންކުތަކާއި މެސެޖްތަކާއި ފޯނު ނަންބަރުތަކާއި އީމެއިލް އެޑްރެސްތައް ސާރޗްކުުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލެޓްފޯމެކެވެ.

މިއިވެންޓްގައި ވަނީ ފުލުހުންގެ ޚިދުމަތުގައި ބޭނުންކުރާ އުޅަނދުތައް ބެލެހެއްޓުމަށްޓަކައި ތައްޔާރުކޮށްފައިވާ ފްލީޓް މެނޭޖްމަންޓް ސިސްޓަމާއި، އެޑްމިނިސްޓްރޭޓިވް މަސައްކަތްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އަދި މުވައްޒަފުން އެންމެ ގިނައިން ބޭނުންކުރާ އެންޓްރީ މެނޭޖްމަންޓް ސިސްޓަމާއި ފުލުހުންގެ އުމްރާނީ ތަރައްގީއަށް ހިންގޭ މަޝްރޫއުތަކުގެ އަދާހަމަ ފަސޭހައިން ބެލޭނެ އިންތިޒާމްތައް ފަހިކުރުމުގެގޮތުން ތައްޔާރުކޮށްފައިވާ ޕޮލިސް އިންފްރާސްޓަރަކްޗަރ ޕްރޮޖެކްޓްސް ސިސްޓަމް ދައްކާލާފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC