logoEN
Sto top
މާލޭގެ ސެލޫނަކަށް ވަދެ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި

މާލޭގެ ސެލޫނަކަށް ވަދެ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި

އަހުމަދު ޝުރާއު

logo

12/7/2025, 10:23:48 AM

# ދިވެހި ފުލުހުންގެ ޙިދުމަތް

-

މާލޭގެ ސެލޫނަކަށް ވަދެ މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި އެވެ.

Wamco

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މާލޭގައި ހުންނަ ސެލޫނަކަށް މީހަކު ވަދެ އެތަނުގައި ހަމަނުޖެހުން ހިންގާ ތަކެއްޗަށް ގެއްލުންދީ އެތަނުގެ މުވައްޒަފަކާ މާރާމާރީ ހިންގާ މައްސަލަ 2025 ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އެގޮތުން މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ / އަސަރީވިލާ، ޢަލީ މަނިކު (43އ) އެވެ. އަދި އޭނާވަނީ ސީނަށް ދިޔަ ފުލުހަކާ ކުރިމަތިލައި މާރާމާރީ ހިންގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މިމައްސަލާގައި ހައްޔަރުކުރި އަލީ މަނިކު އަކީ ފުލުހެކެވެ. މީޑިއާ އޮފިޝަލް އިތުރަށް ވިދާޅުވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލާގައި ހައްޔަރުކުރުމާ ގުޅިގެން 2025 ޑިސެންބަރު 6 ވަނަ ދުވަހުން ފެށިގެން ވަނީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑް ކުރެވިފައިވާ ކަމަށާއި އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ޖިނާއީ މައްސަލަ ތަހުގީގު ކުރަމުންދާއިރު އެ މައްސަލައާ ގުޅިގެން އިދާރީގޮތުން އޭނާއާމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ކުރަންޖެހޭ މަސައްކަތް ޕްރޮފެޝަނަލަ ސްޓޭންޑަޑްސް ކޮމާންޑުން ކުރަމުންދާކަމަށެވެ.

މިމައްސަލާގައި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC