logoEN
Sto top
ސަނީ އުމަރު 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުަރުކޮށްފި

ސަނީ އުމަރު 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުަރުކޮށްފި

އަހުމަދު ޝުރާއު

logo

12/3/2025, 11:53:55 AM

# ސަނީ އުމަރު

ސަނީ އުމަރު:- ފޮޓޯ: ޝުމްބާ ގޮންގް

ފަތުރުވެރިކަމުގެ ދާއިރާ މާކެޓު ކުރުމުގައި އިސްކޮށް އުޅުނު ހުސައިން ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައާއި ގުޅިގެން ހައްޔަރުކޮށް 30 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި އެވެ.

Wamco

ޕީޖީ އޮފީހުން މިއަދު ބުނީ ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި، ގ. މާވަނި، ޙުސައިން ސަނީ ޢުމަރު، ޤާނޫނު ނަންބަރު: 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ޢަމަލުކުރުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާއި، 33 ވަނަ މާއްދާގެ ދަށުން އަދި ޤާނޫނުއަސާސީގެ 49 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، 30 (ތިރީސް) ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދެއްވުން އެދި މިއަދު (3 ޑިސެންބަރު 2025) ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާނެކަމަށެވެ.

އެގޮތުން މި ހުށަހެޅުމާ އެއްގޮތަށް އޭނާ 30 (ތިރީސް) ދުވަހުގެ މުއްދަތަަށް ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަދި މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދުކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ޤަޞްދުކުރާ ކަމަށްވެސް ޕީޖީ އޮފީހުން ވަނީ ބުނެފައި އެވެ.

ސަނީ އުމަރު ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވާތީ، އެ މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަން ފުލުހުން ހާމަކުރީ ހޮނިހިރު ދުވަހު އެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ފެށި އިރު ސަނީ އުމަރު ހުރީ ރާއްޖެއިން ބޭރުގައި އެވެ. ނަމަވެސް ހޯމަ ދުވަހު ހަވީރު އޭނާ ރާއްޖެ އައުމާއިއެކު ފުލުހުން ވަނީ އޭނާގެ ބަޔާން ނެގުމަށް އެއާޕޯޓުން ފުލުހުންގެ ހިމާޔަތުގައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އުނިޓަށް ހާޒިރުކޮށްފައެވެ. އަދި ގިނަ އިރުތަކެއް ވަންދެން އޭނާގެ ބަޔާން ނެގުމަށްފަހު ސަނީ އުމަރު އޭނާ ދިރިއުޅޭ ގެއަށް ގެންގޮސްދިނީވެސް ފުލުހުންނެވެ.

ނަމަވެސް އެރޭ ސަނީ އުމަރު ރާއްޖެއިން ފިލައިގެން ދިޔުމަށް މަސައްކަތްކުރަނިކޮށް ފުލުހުން އޭނާ ރާއްޖެއިން ބޭރަށް ފުރަންއުޅުނު ފްލައިޓަށް އަރައި އޭނާ ހައްޔަރުކުރިއެވެ. އޭރު ސަނީ އުމަރު ހުރީ ސިފަ އޮޅުވާލަން މަސައްކަތްވެސް ކޮށްފައެވެ.

ސަނީ އުމަރަކީ ހަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީއާރު ފާމް "ދަ ޓްރެވެލެ ގައިސް ޕްރައިވެޓް ލިމިޓެޑް"ގެ އެއް ހިއްސާދާރެވެ. ނަމަވެސް ޖިންގީ ގޯނާގެ މައްސަލަ ފެންމަތިވުމާއިއެކު އޭނާޣެ ހިއްސާ އަތުލަން ނިންމާފައިވާކަން އެކުންފުނީން ނެރުނު ބަޔާނެއްގައި ވަނީ ހާމަކޮށްފައެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC