logoEN
Sto top
އަލިފާން ރޯވީ އިންޖީނު ރޫމުގައި، އިންޖީނުގޭގެ 80% އަށް ވަނީ ގެއްލުންވެފައި: ގަމު ފެނަކަ ބްރާންޗު

އަލިފާން ރޯވީ އިންޖީނު ރޫމުގައި، އިންޖީނުގޭގެ 80% އަށް ވަނީ ގެއްލުންވެފައި: ގަމު ފެނަކަ ބްރާންޗު

އަހުމަދު ޝުރާއު

logo

12/3/2025, 11:20:58 AM

# ގަން އިންޖީނުގެ އަލިފާން

-

ލ. ގަމު އިންޖީނުގޭގައި އަލިފާން ރޯވީ އިންޖީނު ރޫމްގައިކަމަށާއި އިންޖީނުގެއަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާކަމަށް ގަމު ފެނަކަ ބްރާންޗުން ބުނެފި އެވެ.

Wamco

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގަމު ފެނަކަ ބްރާންޗާއި ހަވާލާދީ ރިޕޯޓުކުރާ ގޮތުގައި މިއަދު އިންޖީނު ގޭގައި އަލިފާން ރޯވީ އިންޖީނު ރޫމުގައި އެވެ. އަދި މިހާދިސާގައި އިންޖީނުގޭގެ 80% އަށް ގެއްލުންވެފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ. އެގޮތުން އިންޖީނު ގޭގައި ހުރި 5 އިންޖީނުގެ ތެރެއިން، 2 އިންޖީނަށް ގެއްލުންވެފައިވާ ކަމަށްވެސް ގަމު ފެނަކަ ބްރާންޗުން ވަނީ ބުނެފައި އެވެ

އަލިފާނުގެ ހާދިސާއާ ގުޅިގެން ގަމާއި ގުޅިފައިވާ ހުރިހާ އަވަށްތަކުން ވަނީ ކަރަންޓު ކެނޑިފައެވެ. މީގެތެރޭގައި ލ ފުނަދޫ ނުހިމެނެއެވެ. ގަމު ފެނަކަ ބްރާންޗުން އިތުރަށް ބުނީ ކަރަންޓު ދިނުމަށް ވަގުތުތަކެއް ނަނގާނެކަމަށާއި މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު 14:50 އެހާކަންހާއިރު ލ ގަން ފެނަކަ އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން އަދި އާންމު ރައްޔިތުން ގުޅިގެން ކުރަމުން އަންނަކަންވެސް މީޑިއާ އޮފިޝަލް ހާމަކުރެއްވި އެވެ.

ދާދި ދެންމެ އަކު މީޑިއާ އޮފިޝަލް މިހާދިސާގެ އިތުރު ތަފްސީލް ދެއްވަމުން ވިދާޅުވީ ފެނަކަ އިންޖީނު ގޭގައި ރޯވި އަލިފާން 15:50 އެހާކަންހާއިރު ނިއްވާލެވިފައިވާ ކަމަށެވެ.

އަދި މި ހާދިސާގައި އިންޖީނު ގޭގައި ބޭނުންކުރަމުންދިޔަ 1 ޖަނަރޭޓަރ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވި ނަމަވެސް މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މީޑިއާ އޮފިޝަލް ވަނީ މިހާދިސާގެ ތަހުގީގެއް ފުލުހުން ފަށާފައިވާކަންވެސް ހާމަކުރައްވާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC