
ތިމާވެއްޓާއި ފަތުރުވެރިކަމުގެ ދާއިރާއިން އިންޑިއާގެ ހައި ކޮމިޝަނަރާއިއެކު މަޝްވަރާކޮށްފި
# މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ-
ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް، ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާގެ ހައި ކޮމިޝަނަރު، އޮނަރަބަލް ޖީ. ބަލަސުބްރަމަނިއަންއާ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި، ޚާއްސަކޮށް ވެއްޓާއި ފަތުރުވެރިކަމުގެ ދާއިރާގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ޠާރިޤް އިބްރާހީމް ވަނީ، ދިވެހިރާއްޖެއަށް އިންޑިއާ ހައި ކޮމިޝަނުން ދެމުންދާ ދެމިހުންނަ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައެވެ. ދެ ފަރާތުން ވެސް ވަނީ ވެއްޓާބެހޭ ކަންކަމާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ގުޅުން ބަދަހިކޮށް، އެކުއެކީގައި މަސައްކަތްކުރެވޭނެ އިތުރު ދޮރުތަކާބެހޭގޮތުން ހިޔާލު ބަދަލުކޮށް މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމަކީ ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ޚާއްސަކޮށް ވެއްޓާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ދެޤައުމުގެ ކުރިއެރުމަށް މަގުފަހިކޮށްދޭނެ ބައްދަލުކުރެއްވުމެއް ކަމަށް ލަފާކުރެވެއެވެ.
ގުޅުންހުރި

24 ރަށެއްގައި ކުރިޔަށްގެންދާ 50 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުތައް ނިމުމަކާ ގާތަށް!

ފެހެންދޫގައި ސޯލާ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ އިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި





