
'މަގޭ ސާފު ރާއްޖެ' ގައުމީ ކޮންފަރެންސް 2025 ރަސްމީކޮށް ފަށައިފި
# މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ-
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް، ކޮންމެ ރަށެއް ސާފުތާހިރުކަމާއެކު ބެހެއްޓުމަށް އަމާޒުކޮށްގެން ބާއްވާ 'މަގޭ ސާފު ރާއްޖެ' ގައުމީ ކޮންފަރެންސް 2025 ރަސްމީކޮށް ފަށައިފިއެވެ.

ޒޯން2،3 އަދި 4 އަށް ޚާއްސަކޮށްގެން ބާއްވާ މި ގައުމީ ކޮންފަރެންސް މިއަދު ފެށީ ލ ގަމުގައި އެވެ. މި ކޮންފަރެންސަކީ ދެދުވަހުގެ މުއްދަތަކަށް ކުރިޔަށްދާ ކެންފަރެންސެކެވެ.
މި ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ އިސްވެރިންގެ އިތުރުން ސަރުކާރުގެ އެކިއެކި ވުޒާރާތަކުގެ އިސްވެރިން، ކުންފުނިތަކުނާއި، ތިމާވެށި ދާއިރާގެ ތަޖުރިބާކާރުންނާއި، އެކިއެކި ރަށްރަށުގެ ރައްޔިތުންގެ ތަމްސީލުކުރާ ފަރާތްތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުން ގިނަ އަދަދެއްގެ ބައިވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެފައިވެއެވެ.
'މަގޭ ސާފު ރާއްޖެ2025' ކޮންފަރެންސްގެ މައިގަނޑު މަޤްޞަދަކީ، ރާއްޖޭގެ ކޮންމެ ރަށެއްގެ ސާފުތާހިރުކަން ދެމެހެއްޓެނިވި ގޮތެއްގައި ކަށަވަރުކުރުމާއި، ކުނި މެނޭޖްކުރުމަށް ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ. މީގެ އިތުރުން ރައްޔިތުންގެ މެދުގައި ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކޮށް، ސާފުތާހިރުކަމުގެ ސަގާފަތެއް އާލާކުރުމަށް މި ކޮންފަރެންސުން ބާރު އަޅާނެއެވެ.
މިކޮންފަރެންސްގެ ތެރެއިން، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅުތަކާއި، ކުރިއަށް އޮތް ތަނުގައި މި ދާއިރާއިން ކުރަންޖެހޭ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކުރެވޭނެއެވެ.
ގުޅުންހުރި

24 ރަށެއްގައި ކުރިޔަށްގެންދާ 50 މެގަވޮޓްގެ އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢުތައް ނިމުމަކާ ގާތަށް!

ފެހެންދޫގައި ސޯލާ ހައިބްރިޑް ނިޒާމެއް ގާއިމުކުރަނީ

ފަތުރުވެރިކަމާއި ތިމާވެށީގެ ދާއިރާ އިން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފި





